މިސަރުކާރުން ވަނީ މަސްވެރިން ނިކަމެތިކޮށް، ސިނާއަތް އިނދަޖައްސާލާފަ: ޑރ.މުއިއްޒު

މިސަރުކާރުން ވަނީ މަސްވެރިން ނިކަމެތިކޮށް، ސިނާއަތް އިނދަޖައްސާލާފަ: ޑރ.މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2020 11:49
0

މިސަރުކާރުން ވަނީ ރާއްޖޭގެ މަސްވެރިން ނިކަމެތިކޮށް، މަސްވެރިކަމުގެ މުޅި ސިނާއަތް އިނދަ ޖަލްސާލާފައި ކަމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށާއި، މަސްވެރިންގެ ޝުޢޫރު ފާޅުކުރުމަށް މިއަދު މަހަށް ނުގޮސް މަސްވެރިން ކަނޑުމަތީގައި ފާޅުކުރަމުންދާ ޝުޢޫރުތަކާއި ގުޅިގެން ޑރ.މުއިއްޒު ވިދާޅުވީ މިއަދު ފެނިގެންދާ މަންޒަރަކީ ހިތްދަތި، ބަލާލަން ނިކަމެތި މަންޒަރެއް ކަމަށެވެ. ރާއްޖޭގެ އެތައް އާއިލާއެއް ބަނޑުފުރާ މުއްތިކޮށް އާއިލާތައް ބެލެހެއްޓުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރާ މަސްވެރިން ކަނޑުމަތީގައި ރެއާއި ދުވާލު ކުރާ މަސައްކަތައް ހަމަ އަގު ނުލި އެކަމުގެ އާދޭސް ކުރާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

މަސްވެރިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ފެނިގެންދަނީ މަސްވެރިންގެ ކިބައިން ހިއްދަތި މަންޒަރުތަކެއް ކަމަށާއި، މިކަންކަމަށް ހައްލު ހޯދުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. މަސްވެރިންނަކީ މިޤައުމުގެ މުސްތަގުބަލު ކަމަށްވާއިރު މަސްވެރިން މަތިން ހަނދާން ނައްތާލައި މަސްވެރިން ނިކަމެތި ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިފްތިތާހީ ޖަލްސާ ކަންނެލި ދޯނިފަހަރުގައި ކަނޑުމަތީގައި ކުރިއަށް ގެންދާއިރު، މި ޖަލްސާއަށްފަހު މަސްވެރިންނަށް ހުރި ދަތިތަކާގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރުމަށް ކަންނެލި ދޯނިފަހަރުން މާލެ ސަރަހައްދުގައި ދޯނި ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.