ހދ. މަކުނުދޫ

މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު މަރުވެއްޖެ

މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު މަރުވެއްޖެ

ހދ. މަކުނުދޫގައި ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓްގައި އެއްޗެއް ގޮވާ ދެ މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ރަށުގެ ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާތީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި ހާދިސާގައި ދެ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަކު، އެ ރަށުގައި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ އަލްޓެކް ކުންފުނީގެ ގުދަނުގައި އެއްޗެއް ގޮވި ވާހަކަ އެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ.

އަލްޓެކްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގޭސް ސިލިންޑަރެއް ގޮވާފައި ވަނީ އެ ރަށުގައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ބިގް ފިޝް ކުންފުނީގެ ސައިޓްގައި ކަމަށެވެ. އަދި އެ ސައިޓްގައި އެއްޗެއް ގޮވުމުގެ ސަބަބުން އަލްޓެކް ކުންފުނީގެ ގުދަން ވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށް އަލްޓެކްގެ އޮފިޝަލަކު ވިދާޅުވިއެވެ.

"އަލްޓެކްގެ ނަރުދަމާ ސާމާނު ބަހައްޓާފައި ހުންނާނީ އެ ގުދަނުގައި. އެ ތަނުގައި އެއްޗެއް ގޮވައިގެން ނޫޅޭ. އެކަމެއް ހިނގީ ޖެހިގެން ހުރި ބިގް ފިޝް ސައިޓްގައި. އަދި މި ހާދިސާގައި މަރުވެފައި ވަނީ ބިގް ފިޝްގެ އިންޑިއާ ދެ މީހުން،" އޮފިޝަލް ވިދާޅުވިއެވެ.

"އެކަމަކު، މި ހާދިސާގައި މި ކުންފުނީގެ ގުދަން ވަނީ އެއްކޮށް ހަލާކުވެފައި،"

މަކުނުދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ރަށުން ބާރުގަދަ ގޮވުމެއް ވަނީ ގޮވައިފައެވެ.

"އިންސާނުންގެ ހަށިގަނޑުގެ ބައިތައް ހުރީ ކުދިކުދިވެފައި." އެ ރަށުން ވާހަކަ ދެއްކި މީހާ ކިޔައި ދިނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *