ރައީސް ސާލިހަށް ދެވަނަ ދައުރެއް ނުލިބުނީ ފެނަކައިގެ ކޮރަޕްޝަންގެ އިތުރުން، ރައީސް ސާލިހުގެ ކެބިނެޓްގެ ބައެއް ވަޒީރުން ބޮޑާވެ ރައްޔިތުންނާ ގުޅުން ނުބޭއްވުމުގެ ސަބަބުން ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހުގެ ކެމްޕޭންގައި އިސްދައުރެއް އަދާކުރެއްވި ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ފުރުސަތެއް ނުލިބުނު މައިގަނޑު ސަބަބު ތެރޭގަ 'ފެނަކައިގެ ކޮރެޕްޝަން 'ގެ އިތުރައް، ރޯމާ ދުވާލު ކުންފުނިތަކުން ހިންގަމުން ދިޔަ ޖަރީމާ އައް ބީރުކަންފަތެއް ދިނުމުގެ ސަބަބުން ކަމުގައެވެ.

ރައީސް ސާލިހުގެ ބައެއް ވަޒީރުންގެ ބޮޑާކަމާއި ރައްޔިތުންނާ އޮންނަންޖެހޭ ގުޅުންނެތުން ވެސް ރައީސަށް ދެވަނަ ދައުރެއް ކަށަވަރު ކުރުމަަށް ކުރިމަތިވި ހުރަހެއްގެ ގޮތުގައި ސައުދު ފާހަގަ ކުރައްވާފައި ވެއެވެ. ސައުދުއަކީ ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައިވެސް ފެނަކައިގެ ތެރޭގައި ހިނގަމުންދިޔަ ކޮރަޕްޝަނާއި އަދި ބައެއް ވަޒީރުންގެ އަމަލްތަކަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވި ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.
ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރުމަށް ރައީސް ސާލިހު ކުރެއްވި ވަރުގަދަ ކެމްޕޭންގައި އިދިކޮޅު ކެނޑިޑޭޓާއި ވާދަކޮށް ރައީސް ސާލިހު ފުރަތަމަ ބުރުގައި ބޮޑު ތަފާތަކުން ބަލިވި ނަމަަވެސް ދަވަނަ ބުރުގައި ރައީސް ސާލިހަށް ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގަތީ ތަފާތކުޑަކޮށްކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ