އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ އުދުވާނީ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހެމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި މަމްސް ޖަމިއްޔާ އިން އިސްނަގައިގެން ފަންޑް ރައިޒިން ބޮޑު އިވެންޓެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
"މޯލްޑިވިއަން ވިމެން ވިތު ފަލަސްތީން" ނަމުގައި މި އިވެންޓް އޮންނާނީ މާދަމާ މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް ހުޅުމާލެ ރުއްގަނޑު 1 ގައެވެ.
ޖަމްބަލް ސޭލެއްގެ ގޮތުގައި ކުރިއަށް ގެންދާ މި އެ ސޭލުގައި ވިއްކަނީ އެކި މީހުން ޑޮނޭޓުކޮށްފައިވާ ތަކެއްޗެވެ. މަމްސް ޖަމިއްޔާ އިން ބުނި ގޮތުގައި، ފައިސާ ހޯދުމަށް، މި އިވެންޓް އޮންނަ ތަނުގައި ފުޑް ކޯނާއެއް ވެސް ހުންނާނެއެވެ.
އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން އެކި ކަހަލަ ކުޅިވަރު ކުޅޭނެ ތަންތަން ވެސް ހުންނާނެއެވެ.
އެ ޖަމިއްޔާ އިން ބުނީ މި އިވެންޓުން ލިބޭ ފައިސާ ޖަމާކުރާނީ ފަލަސްތީނަށް އެހީ ފޯރުކޮށްދެމުން އަންނަ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަންޑަށް ކަމަށެވެ.
މި އިވެންޓުގެ ހޮސްޓިން ޕާޓުނަރަކީ އާބަންކޯއެވެ.
ކޮމެންޓު ފޮނުވާ