އިސްރާއީލު ފަތުރުވެރިން ރާއްޖެއައުން ހުއްޓުވާދިނުމަށް އެދިއްޖެ

އިސްރާއީލު ފަތުރުވެރިން ރާއްޖެއައުން ހުއްޓުވާދިނުމަށް އެދިއްޖެ

އިސްރާއީލުން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓަވާ ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރުން ހައިތަމް އަހުމަދު ރައްޔިތުންގެ މަޖިލިހުގައި އެދިއްޖެއެވެ.

ހައިތަމް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި އެދިފައިވަނީ ފަލަސްތީނުގެ ބިންތަކަށް ނުހައްގުން ވެރިވެގަނެ އަދި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ލާއިންސާނީ އަނިޔާ ދެމުންދާ އިސްރާއީލުގެ ފަތުރުވެރިން ރާއްޖެ އައިން ހުއްޓުވާދިނުމުގެ އިތުރުން އެގައުމުގެ މީހުންގެ ޕާސްޕޯޓުތައްވެސް ރާއްޖެއިން ބަލައިގަތުން ހުއްޓުވާ ދިނުމަށެވެ.

އޭނާގެ ސޓީގައި ބަޔާން ކޮށްފައިވަނީ އިސްރާއީލުން ފަލަސްތީނުގެ އެތައް ކުދަކުދިންނާއި އާންމު ޝަހީދުކޮށްލާފައި ވާކަމަށާއި އެއީ ލާއިންސާނީ، އިންސާނީ ހައްގާއި ކަރާމާތާ މުޅިން ދެކޮޅު ކަމެއް ކަމުގައެވެ.

ފާއިތުވީ 10 ދުވަސް ވެފައި ވަނީ އަނިޔާވެރިކަން އިންތިހާ އަށް ބޮޑު، ފެން، ކަރަންޓު ފަދަ ޒަރޫރީ ތަކެތި ޣައްޒާ އިން ކަނޑާލާ ދެ މިލިއަނަށް ވުރެ ގިނަ މުސްލިމް ފަލަސްތީނުގެ ރައްޔިތުން ތާށިކޮށްލައި ނެތިކޮށްލަން މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެއް.

މަޖިލިސް ރައީސަށް ހައިތަމް ފޮނުވި ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ ހޮސްޕިޓަލަކަށް ބޮންއަޅާ އެތައް ސަތޭކަ ބަޔަކު ޝަހީދު ކޮށްލާފައެވެ. އިސްރާއީލުން ބޮން އަޅާފައިވަނީ ޣައްޒާގައި ހުންނަ އަލް އަހުލީ ހޮސްޕިޓަލަށެވެ. މި ހޮސްޕިޓަލަކީ އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުން އެތައްހާސް ބަޔަކު ހިމާޔަތް ހޯދާ އަދި ފަރުވާ ހޯދުމުންދާ ހޮސްޕިޓަލެކެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިހަމަލާގައި 500 އަށްވުރެ ގިނަމީހުން ޝަހީދުވެފައިވާ ކަމުގައެވެ. ހޮސްޕިޓަލްގެ އިތުރުން އިސްރާއީލުންވަނީ ޣައްޒާގައި ޔޫއެންއިން ރެފިއުޖީން ބަލަހައްޓަމުންދާ ސްކޫލަކަށްވެސް ހަމަލާ ދީފައެވެ.

ފާއިތުވެދިޔަ 7 ދުވަހު މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 3،000 މީހުން ވަނީ ޝަހީދުވެފައެވެ. ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކުގައި އެގައުމުގެ 1،400 މީހުންވަނީ މަރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *