ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިފްތިތާޙްކުރުން ކަނޑުމަތީގައި. ވަރަށް ތަފާތު! ހިތްގައިމު!

ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިފްތިތާޙްކުރުން ކަނޑުމަތީގައި. ވަރަށް ތަފާތު! ހިތްގައިމު!

Author
ޢަލީ އާދަމް
10 ޑިސެމްބަރ 2020 10:48
0

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިފްތިތާހީ ޖަލްސާ ކަންނެލި ދޯނިފަހަރުގައި ކަނޑުމަތީގައި ކުރިއަށް އެބަގެންދެއެވެ.

ޔޫނިއަންގެ އިފްތިތާހީ ޖަލްސާ – ފޮޓޯ: ދ. މީދޫ މަސްވެރިންގެ ފޭސްބުކް ޕޭޖް

މި ޖަލްސާ ބާއްވަނީ ގުޅީފަޅު ސަރަހައްދުގައެވެ. އެޔޫނިއަނުން ބުނީ އިފްތިތާހީ ޖަލްސާ ލަސްވެފައިވަނީ ކޮވިޑްގެ ސަބަބުން ކަމަށެވެ.

އެޖަމިއްޔާއިން ބުނީ ޖަމްއިއްޔާގެ ހަޤީޤީ މަޤްސަދުގައި މަސައްކަތްތައް ކުރުމާއި، ހިންގުމާއި ގުޅިފައިވާ އެންމެހާ ދަތި އުނދަގޫތަކުގެ ސަބަބުން މެމްބަރުންގެ ކަންބޮޑުވުން އިތުރުވުމާއެކު ޖަމްއިއްޔާގެ އިފްތިތާޚީ ޖަލްސާ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކަނޑުމަތީގައި ބޭއްވީކަމަށެވެ. މި ޖަލްސާގައި ޖަމިއްޔާގެ ހިންގާ ކޮމެޓީ އިންތިހާބުކޮށް، ހިންގާ ޤަވާއިދު ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫނިއަންގެ އިފްތިތާހީ ޖަލްސާ – ފޮޓޯ: ދ. މީދޫ މަސްވެރިންގެ ފޭސްބުކް ޕޭޖް

މި ޖަލްސާއަށްފަހު މަސްވެރިންނަށް ހުރި ދަތިތަކާގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރުމަށް ކަންނެލި ދޯނިފަހަރުން މާލެ ސަރަހައްދުގައި ދޯނި ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.