ސިއްޙީ ޚިދުމަތެއް ނުހުއްޓޭނެ، ވަސީލަތްތައް ދަނީ ހޯދަމުން: ސަރުކާރު

ސިއްޙީ ޚިދުމަތެއް ނުހުއްޓޭނެ، ވަސީލަތްތައް ދަނީ ހޯދަމުން: ސަރުކާރު

Author
އައިޝަތު އަޙްމަދު
17 އޮކްޓޯބަރ 2023 11:14
0

ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ނުހުއްޓޭކަމަށާއި، ބަޖެޓުގެ ދަތިކަމެއްވެސް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނެފައިމިވަނީ، ސިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ ވަސީލްތަތައް ނުގެނައުމާއި، ބަޖެޓު ނެތިގެން ސިއްޙީ ޚިދުމަތް ހުއްޓުމަކާ ގާތަށް އައިސްފައިވާކަމުގެ ކަންބޮޑުވުން އިންތިޚާބީ ރައީސްގެ އޮފީހުން ފާޅުކޮށްފައިވަނިކޮށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މި ދަނޑިވަޅަށް ވުރެ އުނދަގޫ، ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ވެސް ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހުއްޓުމެއް ނެތި ރާއްޖެ ގެނެވުނުކަމަށެވެ. އަދި މިހާރުވެސް ސިއްޙީ ދާއިރާއަށްވެސް ބޭނުންވާ ވަސީލަތްތައް ގެންނަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއުވާން ވިދާޅުވީ އިންތިގާލީ މަރުހަލާގެ ތަރުޖަމާން ވިދާޅުވެފައިވަނީ ލިބިވަޑައިގެންނެވި މަޢުލޫމާތުގެ އެއްބައިކަމަށެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ކޮންޒިއުމަބަލްސްއަކީ، ގަވާއިދުން ވަކި އުސުލުން އޯޑަރުކޮށް ސްޓޮކް މެއިންތަނަސްކުރަންޖެހޭ ތަކެތިކަމަށެވެ. އެއީ ކޮންމެ ކޮންމެ އަހަރަކު ދެފަހަރު އޯޑަރުކޮށް ރާއްޖެ ގެންނަތަކެތިކަމަށާއި، ނަމަވެސް މިއަހަރުގެ މިހާތަނަށް 2ވަނަ ހަމަސްދުވަހަށް ބޭނުންވާ ތަނެތި އޯޑަރުކޯށްފައިނުވާކަން އިންތިގާލީ ކޮމިޓީއަށް ފާހަގަވެފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންޒިއުމަބަލްސް ނުވަތަ ވަސީލަތްތައް ނެތިގެން ސިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކުން ޚިދުމަތް ނުދެވި ޚިދުމަތް ދިނުން ހުއްޓުމަކަށް އަންނާނެކަމުގެ ކަންބޮޑުވުން އެބައޮތްކަމަށެވެ.

މިހާލަތު ދާނަމަ ނޮވެމްބަރު މެދަކާ ހަމައަށް ދާއިރު ވަރަށް ގިނަ ޚިދުމަތް ހުއްޓުމަކީ އެކަށީގެންވާކަމެއް.

– މުޙައްމަދު ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވަނީ ކޮންޒިއުމަބަލްގެ އިތުރުން ލެބޯޓްރީއަށް ބޭނުންވާ ވަސީލަތްތައްވެސް ނެތްކަން ފާހަގަކުރައްވާފައެވެ. އަދި ބައެއް ސިއްޙީ މަރުކޒުތަކާއި ހޮސްޕިޓަލްތަކުން މިހާރު ފަރުވާދެމުން އަންނަނީ އެމަޖެންސީ ސްޓޮކް ބޭނުންކޮށްގެންކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

މިސަރުކާރުން ސިއްޙީ ނިޒާމަށް ފަރުވާކުޑަކޮށްފައިވާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުން ދެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.