ވަސީލަތާއި ފައިސާ ނެތި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ޚިދުމަތް ހުއްޓުމަކަށް

ވަސީލަތާއި ފައިސާ ނެތި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ޚިދުމަތް ހުއްޓުމަކަށް

Author
އައިޝަތު އަޙްމަދު
16 އޮކްޓޯބަރ 2023 11:12
0

ސިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ ވަސީލްތަތައް ނުގެނައުމާއި، ބަޖެޓު ނެތިގެން ސިއްޙީ ޚިދުމަތް ހުއްޓުމަކާ ގާތަށް އައިސްފައިވާކަމުގެ ކަންބޮޑުވުން އިންތިޚާބީ ރައީސްގެ އޮފީހުން ފާޅުކޮށްފިއެވެ.

ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ކޮންޒިއުމަބަލްސްއަކީ، ގަވާއިދުން ވަކި އުސުލުން އޯޑަރުކޮށް ސްޓޮކް މެއިންތަނަސްކުރަންޖެހޭ ތަކެތިކަމަށެވެ. އެއީ ކޮންމެ ކޮންމެ އަހަރަކު ދެފަހަރު އޯޑަރުކޮށް ރާއްޖެ ގެންނަތަކެތިކަމަށާއި، ނަމަވެސް މިއަހަރުގެ މިހާތަނަށް 2ވަނަ ހަމަސްދުވަހަށް ބޭނުންވާ ތަނެތި އޯޑަރުކޯށްފައިނުވާކަން އިންތިގާލީ ކޮމިޓީއަށް ފާހަގަވެފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންޒިއުމަބަލްސް ނުވަތަ ވަސީލަތްތައް ނެތިގެން ސިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކުން ޚިދުމަތް ނުދެވި ޚިދުމަތް ދިނުން ހުއްޓުމަކަށް އަންނާނެކަމުގެ ކަންބޮޑުވުން އެބައޮތްކަމަށެވެ.

މިހާލަތު ދާނަމަ ނޮވެމްބަރު މެދަކާ ހަމައަށް ދާއިރު ވަރަށް ގިނަ ޚިދުމަތް ހުއްޓުމަކީ އެކަށީގެންވާކަމެއް.

– މުޙައްމަދު ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވަނީ ކޮންޒިއުމަބަލްގެ އިތުރުން ލެބޯޓްރީއަށް ބޭނުންވާ ވަސީލަތްތައްވެސް ނެތްކަން ފާހަގަކުރައްވާފައެވެ. އަދި ބައެއް ސިއްޙީ މަރުކޒުތަކާއި ހޮސްޕިޓަލްތަކުން މިހާރު ފަރުވާދެމުން އަންނަނީ އެމަޖެންސީ ސްޓޮކް ބޭނުންކޮށްގެންކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

މިސަރުކާރުން ސިއްޙީ ނިޒާމަށް ފަރުވާކުޑަކޮށްފައިވާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުން ދެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.