ކޮލެޖެއް މެދުނުކެނޑި 10 އަހަރު ހިންގުމުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ އިޞްލާހެއް

ކޮލެޖެއް މެދުނުކެނޑި 10 އަހަރު ހިންގުމުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ އިޞްލާހެއް

Author
އައިޝަތު އަޙްމަދު
16 އޮކްޓޯބަރ 2023 10:00
0

މެދުނުކެނޑި ހިންގާތާ 10 އަހަރު ވެފައިވާ ކޮލެޖުތަށް ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ހަދަން، މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އިޞްލާހެއް ހުށައަޅުއްވައިފިއެވެ. އިޞްލާހު ހުށައެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ.

މަތީ ތަޢުލީމުގެ ޤާނޫނަށް ޝިފާއު ހުށައެޅުއްވި އިޞްލާހުގައި ވަނީ، މަތީ ތައުލީމުދޭ މަރުކަޒަކަށް ޔުނިވަސިޓީއެއްގެ ދަރަޖަ ދިނުމަށް، އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވާ މަރުކަޒެއް ކަމުގައިވާނެޖެހޭނެކަމަށެވެ. ނުވަތަ  ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ ފަސް އަހަރުވެފައިވާ މަރުކަޒަކަށް ވާނެޖޭނެކަމަސްވެސް އިޞްލާހުގައިވެއެވެ.

މިހާރު ޤާނޫނުގައިވާގޮތުން ކޮލެޖެއް ޔުނިވސިޓީއަކަށް ބަދަލުކުރެވޭނީމެދު ނުކެނޑި 20 އަހަރު ވަންދެން ހިންގައިފިނަމައެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބެރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ނަަމަކަމަށްވެސް މިހާރު އަމަލުކުރަމުން އަންނަ ޤާނޫނުގައިވެއެވެ.

މީގެ ކުރިންވެސް މިފަދަ ބިލެއް މަޖިލީހަށް ހުށައަޅުއްވާފައިވެއެވެ. އެ ބިލު ހުށައެޅުއްވީ ތުލުސްދޫ ދާއިރާގެ އަމިއްލަ މެންބަރު އިބްރާހީމް ނަސީމެވެ. އެބިލުގައި ކޮލެއްޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރެވޭނީ މެދުނުކެނޑި 15 އަހަރު ހިންގައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.