ޑިމޮކްރެޓްސް ޕާޓީގެ ދާއިމީ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށް އިއުލާންކޮށްފި

ޑިމޮކްރެޓްސް ޕާޓީގެ ދާއިމީ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށް އިއުލާންކޮށްފި

Author
ހުސެއިން
16 އޮކްޓޯބަރ 2023 12:07
0

ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން އިސްނަގައިގެން އުފެއްދި "ދަ ޑިމޮކްރެޓްސް" ޕާޓީގެ ދާއިމީ މަގާމްތަކަށް މީހުން ހޯދުމަށް މިއަދު އިއުލާން ކޮށްފިއެވެ.

ޑިމޮކްރެޓްސް ޕާޓީގެ މަގާމްތަކަށް މީހުން އިންތިޚާބު ކުރުމާއިގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ އެޕާޓީއަކީ އަދި މުޅިން އަލަށް އުފެއްދި ކުޑަ ޕާޓީއަކަށް ވުމުން، ޕާޓީއަށް މީހުން ވައްދައިގެން ތާއީދު ހޯދުމުގެ މަސައްކަތް ކުރެވިދާނެ ކަމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނީ އަންނަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުގެ ކުރިން ޕާޓީއަށް ވަންނަ މެމްބަރުންނަށް ކަމުގައެވެ.

ޑިމޮކްރެޓްސް ޕާޓީގެ ދާއިމީ މަގާމްތަކަށް މީހުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހުއެވެ. ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެޕާޓީއަށް ވަންނަ ފަރާތްތަކަށް އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

އަދި ނޮވެމްބަރ 15 ގެ ނިޔަލަށް ޕާޓީ އަށް ވަންނަ ކޮންމެ މީހަކަށް ވެސް މީގެން ކޮންމެ މަގާމަކަށް ވެސް ކުރިމަތިލެވޭގޮތައް އޮތީ. އަދި ޑިސެމްބަރު 2 ގައި އިންތިޚާބު އޮތް ނަމަވެސް ނޮވެމްބަރު 20 ކުރިން ޕާޓީ އަށް ވަންނަ ކޮންމެ މީހަކަށް ވެސް ވޯޓު ލެވޭގޮތައް މިއޮތީ.

ބަޝީދު ވިދާޅުވިއެވެ.

ބަޝީރު ވިދާޅުވީ އިންތިޚާބު ކުރިޔަށް ގެންދާނޭގޮތުގެ މަޝްވަރާތައް އެޕާޓީން މިހާރު ކުރިޔަށް ގެންދާ ކަމަށާއި، މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ އިތުރު މައުލޫމާތު އެޕާޓީގެ ވެބްސައިޓުގައި ލިބެން ހުންނާނޭ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.