ރާއްޖޭގައި ޖާދޫގަރުންގެ ފެސްޓިވަލެއް ބާއްވަނީ

ރާއްޖޭގައި ޖާދޫގަރުންގެ ފެސްޓިވަލެއް ބާއްވަނީ

Author
ހުސެއިން
15 އޮކްޓޯބަރ 2023 06:11
0

ރާއްޖޭގައި އަލަށް ރަޖިސްޓްރީކުރި މޯލްޑިވްސް މެޖީޝަންސް އެސޯސިއޭޝަނުން އިސްނަގައިގެން ރާއްޖޭގައި ޖާދޫގަރުންގެ ފެސްޓިވަލްއެއް ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް މެޖީޝަންސް އެސޯސިއޭޝަންސް ރަޖިސްޓްރީ ކޮށްފައިވަނީ ރާއްޖޭގައި ޖާދޫގަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރުފުރުސަތު ހޯދައި ދިނުމުގެ އިތުރުން، ޖާދޫހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފަންނު ދަސްކޮށްދީ، އެ ދާއިރާ އިތުރަށް ކުރިއެރުވުމެވެ.

މިގޮތުން މި ޖަމިއްޔާއިން ބާއްވާ ފުރަތަމަ ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރުމަހުގެ ފުރަތަމަ ދެދުވަހުއެވެ. މި ފެސްޓިވަލުގައި ރާއްޖެ ހިމެނޭގޮތުން 6 ގައުމެއްގެ ޖާދޫގަރުން އެމީހުންގެ ހުނަރު ދައްކާލާނެއެވެ.

ރާއްޖޭގައި އަލަށް ރަޖިސްޓްރީކުރި މޯލްޑިވްސް މެޖީޝަންސް އެސޯސިއޭޝަނުގެ ރައީސަކީ މަޝްހޫރު ދިވެހި ޖާދޫގަރު މުހައްމަދު ޝަރީފު (ބެގޯނިއާ)އެވެ. މި ޖަމިއްޔާއަކީ ޖާދުލުގެ އިތުރުން އިލޫޝަންސްގެ ހުނަރުވެރިންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މިޖަމިއްޔާ ރަޖިސްޓްރީކޮށްފައިވަނީ މިމަހުއެވެ.

ޖާދޫގަރުންގެ ޖަމިއްޔާ އިން ބުނެފައިވަނީ އޭގެ މެމްބަރަކަށްވުމުގެ ފުރުސަތު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން، ނޯމަލް މެމްބަރު އެކެއް ކެޓަގަރީއަށް އަހަރަކަށް 100ރ. ރުފިޔާ އަދި ޕްރޮފެޝަނަލް ކެޓަަގަރީއަށް އަހަރަކަށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.