މަސްވެރިންގެ ޝޫޢޫރު ފާޅުކުރުން މާލޭ ސަރަހައްދުގައި ދޯނި ބުރެއް!

މަސްވެރިންގެ ޝޫޢޫރު ފާޅުކުރުން މާލޭ ސަރަހައްދުގައި ދޯނި ބުރެއް!

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2020 08:39
0

މިއަދު ފާހަގަ ކުރަމުންދާ މަސްވެރިންގެ ދުވަހާއި ގުޅިގެން، މަސްވެރި ދޯނިތަކުން މާލެ ސަރަހައްދުގައި ދޯނި ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންސަނައިގެން ބާއްވާ މިހަރަކާތަށް މިހާރުވެސް ގިނަ އަދަދެއްގެ ދޯނިތަކެއްވަނީ ތައްޔާރުވެފައެވެ. ރެއާއި ދުވާލު މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތަށް ހަމަ އަގު ނުލިބާއި، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބޭކަމީ މިއަދު މަސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑު ކަންބޮޑުވުމެވެ.

މިއަދުގެ ހަރަކާތް 11:30 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ގިނަ އަދަދެއްގެ ދޯނިތަކެއްގައި މަސްވެރިންގެ ޝޫޢޫރުތައް ފާޅުކުރުމަށް ރައީސް އޮފީސް ކުރިމަތިން ކަނޑުގެ ސަރަހައްދުގައި މަޑުކޮށް މަސްވެރިންގެ މެސެޖުތައް ހިއްސާ ކުރުމަށް ހަމަޖެހިފައިވާކަމަށް މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.

މިއަދުގެ ހަރަކާތައި ގުޅޭގޮތުން މަސްވެރިންގެ ޔޫނިއަނަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބާނާ މަސްކޮޅު ނުކިރުމާއި، ކިރަން އެތައް ދުވަހެއް ނެގުމާއި، ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، ދިވެހިންގެ މި ސިނާއަތް މަދުބައެއްގެ އަތްދަށުވެ ސިނާއަތް ނެތި ދިއުމުގެ ކުރިން މަސްވެރިންނާއި އޮޑިވެރިން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި، ބޮޑުކަންނެލި މަސްވެރިންގެ ޚާއްޞަ ސުލްހަވެރި ދޯނިބުރެއް މާލެ ސަރަހައްދުގައި ބާއްވާ މަސްވެރިންގެ ކަންބޮޑުވުން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ މިއަދު މަސްވެރިންގެ ދުވަސް ފާހަގަކުރާ ދުވަހަށްވާއިރު މަސްވެރިން ތިބީ ވަރަށް ހާލުގައިކަމަށެވެ. މަސްވެރިންގެ ހައްގުތައް ހޯދުމަށް އެކަށިގެންވާ މަސައްކަތްތަކެއް ނުކުރެވި މިއަދު މަސްވެރިންގެ ހައްގު ހޯދަން މަސްވެރިން ނޫންބަޔަކު ނިކުމެދާނެކަމަށް ގަބޫލު ނުކުރާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.