1.1 މިލިއަން މީހުން ގެދޮރު ދޫކޮށް ދިއުމަށް އެންގުމަކީ ހަނގުރާމައިގެ އުސޫލާއި، އިންސާނިއްޔަތާ ހިލާފު އަމުރެއް: ޔޫއެން

1.1 މިލިއަން މީހުން ގެދޮރު ދޫކޮށް ދިއުމަށް އެންގުމަކީ ހަނގުރާމައިގެ އުސޫލާއި، އިންސާނިއްޔަތާ ހިލާފު އަމުރެއް: ޔޫއެން

Author
ހުސެއިން
14 އޮކްޓޯބަރ 2023 10:18
0

ޣައްޒާގެ އުތުރުން 1.1 މިލިއަން މީހުން ގެދޮރު ދޫކޮށް ދިއުމަށް އިންޒާރުދީ އިސްރާއީލުނު ނެރުނު އަމުރަކީ ހަނގުރާމައިގެ އުސޫލާއި، އިންސާނިއްޔަތާ ހިލާފު އަމުރެއް ކަމުގައި އދ.ގެ އެއިޑް ޗީފް މާޓިން ގްރިފިތުސް ވިދާޅުވެއްޖެ އެވެ.

ޣައްޒާއަށް ވަނީ ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައެވެ. މަގުތަކާއި ގެތައް ވަނީ ކުދިކުދިވެފަ އެވެ. ދާން ރައްކާތެރި ތަނެއް ނެތް. އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ބިރުވެރި އަދި ހާލުގައި ޖެހިފައިވާ އާންމުންގެ އާބާދީ ބޮޑު އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދިއުމަށް މަޖުބޫރު ކުރުވުމަކީ، އަމުދުން ހަނގުރާމަ ކުރިޔަށް ދަނިކޮށް އަދި އިންސާނީ އެހީތެރިކަމެއް ނެތި، ނުރައްކާތެރި އަދި ހަޑިހުތުރު ކަމެއް.

ޓްވިޓާގައި ގްރިފިތުސް ވިދާޅުވި އެވެ.

ރައްކާތެރިކަމާއެކު ދަތުރުކޮށް އަސާސީ ހިދުމަތްތައް ނުލިބި، އާންމުންގެ މެދުގައި މިފަދަ ބޮޑެތި ގެއްލުންތައް ލިބުމަކީ އިންސާނީ ގޮތުން ނުރައްކާތެރި ނަތީޖާތަކެއް ނިކުމެ، އޭގެ ސަބަބުން ދުރު ރާސްތާއަށް ކުރާނެ ނޭދެވޭ އަސަރުތަކެއް.

ގްރިފިތުސް އިތުރަށް ވިދާޅުވިއެވެ.

އިޒްރޭލުން ވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އެގައުމަށް ދިން ކުއްލި ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ އާބާދީގެ ބޮޑު ސަރަހައްދަށް ބޮން އެޅުމުގެ އިތުރުން، މީހުން ތޮއްޖެހިފައިވާ ޣައްޒާ މުޅިން ވަށާލާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 1،900 އެއްހާ މީހުން ޝަހީދުވެފައިވާ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އދ.އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ އުތުރުން މީހުން ހުސްކުރުމުގެ އިންޒާރު ދިނުމުގެ ކުރިން ޣައްޒާގެ ހަތަރު ލައްކައަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.