ދިޔަމިގިލީގައި 10 ކްލާސްރޫމް އަޅަން 10 މިލިޔަން ރުފިޔާއަށް!

ދިޔަމިގިލީގައި 10 ކްލާސްރޫމް އަޅަން 10 މިލިޔަން ރުފިޔާއަށް!

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2023 09:18
0

ތ. ދިޔަމިގިލީ ސްކޫލްގައި 10 ކްލާސްރޫމްގެ ޢިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިމަސައްކަތް ޙަވާލުކޮށްފައިވަނީ އީކޯ އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 13 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެޑިއުކޭޝަނުން މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 10 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި އީކޯ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ ފަޒުލީން މުޙައްމަދެވެ.

ސަރުކާރު ސްކޫލްތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސްކޫލްތަކުގައި އައު ޢިމާރާތާއި މަލްޓިޕަރޕަސް ހޯލްހެދުމުގެ ގިނަ މަޝްރޫޢުއެއްގެ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދެއެވެ.

އިތުރުވަމުންދާ ސްކޫލްތަކުގެ އާބާދީއާއެކު ސްކޫލްތަކަށް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ޖާގަ ތަނަވަސް ޢިމާރާތްކަން ސްކޫލްތަކުން ފާހަގަކުރެއެވެ. އަދި ބައެއް ސްކޫލްތަކުގައި ހުރި އެތައް އަހަރެއްވީ ސްކޫލް ޢިމާރާތުގައި ކިޔަވައިދިނުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަންވެސް ސްކޫލްތަކުން ފާހަގަކުރެއެވެ.

10 ކްލާސްރޫމް އަޅަން މިނިސްޓްރީން 10 މިލިޔަން ރުފިޔާއަށް ހަވާލު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މިނިސްޓްރީއަށް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަމީޒު
ފާޑު ކިއުން އަމާޒު ނުވާނެގޮތަކަށް މީހަކަށް ނޭވާލާންވެސް މިހާރު ނުކެރޭނެ، ފާޑުކިޔާމީހުނަށް އިނގޭބާ ކޮންފެންވަރަކަށް ހަދާ އިމާރާތެއްކަން،