ގާޒާގެ ޖަބަލިއާ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކުގައި އެކޭމްޕު އެކީ ބިމާ ހަމަކޮށްފަ

ޢައްޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން މީހުން ގެދޮރު ދޫކޮށް ދިއުމަށް އިސްރާއީލުން އަންގައިފި

ޢައްޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން މީހުން ގެދޮރު ދޫކޮށް ދިއުމަށް އިސްރާއީލުން އަންގައިފި

ފަލަސްތީނުގެ ގާޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.1 މިލިއަން ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އަމުރުކޮށް، 24 ގަޑިއިރުގެ މުހުލަތެއް ދީފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އދ.އަށް އަންގާފައިވަނީ ވާދީ ޣައްޒާގެ އުތުރުގައި ދިރިއުޅޭ އެންމެން ވެސް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ބަދަލުވާން ޖެހޭނެ ކަމަށެވެ. މިއީ ގާތްގަނޑަކަށް 1.1 މިލިއަން މީހުން ކަމަށް އދއިން ބުނެއެވެ.

މި އެލާޓް އިސްރާއީލުން ނެރެފައިވަނީ، ޣައްޒާ އާއި ގުދުސް ގަޑިން މެންދަމު، (ޖީއެމްޓީ ގަޑިން 23:00) ގައެވެ. އިސްރާއީލުގެ އިންޒާރާއި ގުޅިގެން، އދއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންސާނީ ނުރައްކާތެރި ނަތީޖާއެއް ނުނެރެ މިފަދަ ހަރަކާތެއް ހިންގުމަކީ ނާދިރު ކަމެއް ކަމަށް އދއިން ދެކޭ ކަމަށެވެ.

އިސްރާއީލުން ދަނީ ޣައްޒާގެ ބޯޑަރު ސަރަހައްދުން އެއްގަމު މަގުން ޣައްޒާއަށް ހަމަލާދިނުމަށް، ސިފައިން އެއްކޮށް، ބަރު އާޓިލަރީތަކާއި ޓޭންކުތައް ޖަމާކުރަމުންނެވެ. ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލަށް ކުއްލި ގޮތަކަށް ދިން ހަމަލާއަށް ފަހު ހޮނިހިރު ދުވަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދަނީ ވައިގެ ހަމަލާތައްވެސް ދެމުންނެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 338،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށްވެސް އދ.އިން ބުނެފައިވެއެވެ.

މީގެ ތެރެއިން ގާތްގަނޑަކަށް 218،000 މީހުން ނަކީ ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންޑަބްލިއުއާރްއޭ) އިން ހިންގާ 92 ސްކޫލެއްގައި ހިޔާވަހިކަން ހޯދަމުން އަންނަ މީހުން ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން، އިސްރާއީލުގެ ހަމަލާތަކުގައި، ގާޒާގައި ހުންނަ ޔޫއެންއާރުޑަބްލިއުއޭގެ 18 ސްކޫލަކާއި ފަލަސްތީނު އޮތޯރިޓީގެ 70 ސްކޫލަކާއެކު 88 ތައުލީމީ މަރުކަޒަކަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށް އދ. އިން ބުނެފައި ވެއެވެ. ޔޫއެންއާރުޑަބްލިއުއޭގެ ދެ ފެސިލިޓީ އަކީ ގެދޮރު ގެއްލިފައިވާ މީހުންގެ އިމަޖެންސީ ޝެލްޓާގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ތަނެއް ކަމަށްވެސް އދ. އިން ބުނެފައި ވެއެވެ.

އޭގެ މާނައަކީ ޖެހިޖެހިގެން ހަ ވަނަ ދުވަހު ވެސް ޣައްޒާގެ އަމާން ތަނެއްގައި ހަ ލައްކައަށް ވުރެ ގިނަ ކުދިންނަށް ތައުލީމުގެ ފުރުސަތު ނުލިބުން.

ޑުޖާރިކް ވިދާޅުވި އެވެ.

ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެ ޖަމިއްޔާގެ 12 މީހުން މަރުވެފައިވާ ކަމަށެވެ. އިސްރާއީލުން މިހާރު ބަންދުކޮށްފައިވާ ޣައްޒާއަށް އިންސާނީ އެހީ ގެނައުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްނުދެވޭތީ ޣައްޒާގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަ ކަމުގެ އިންޒާރުވެސް އދއިން ދީފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ ޣައްޒާގެ ހޮސްޕިޓަލްތައް އޮތީ "ބްރޭކިން ޕޮއިންޓެއްގައި" (ތަހައްމަލް ނުކުރެވޭ ހާލަތުގައި) ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އިން ވަނީ އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގައި ޣައްޒާގެ ހޮސްޕިޓަލްތައް ކަރަންޓު ގެއްލޭތީ އެ ހޮސްޕިޓަލްތައް މޯޗަރީތަކަށް ބަދަލުވުމުގެ ބިރު އެބައޮތް ކަމަށް އިންޒާރު ދީފަ އެވެ. އަދި ކާބޯތަކެއްޗާއި ފެނާއި ކަރަންޓުގެ ދަތިކަމުގެ ސަބަބުން މިހާރުވެސް މެޑިކަލް ފެސިލިޓީތަކަށް އިތުރު ނުތަނަވަސްކަމެއް ދަނީ ކުރިމަތިވަމުންނެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފައިވަނީ ޔޫއެންއާރްޑަބްލިއުއޭއާ ގުޅިގެން ފަލަސްތީނުގެ އެކި ކަންކޮޅުތަކުގައި، އަށް ލައްކައަށް ވުރެ ގިނަ މީހުންނާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ. ބުދަ ދުވަހު ޑަބްލިއުއެފްޕީން ބުނެފައިވަނީ 88 ހިޔާއަކުން ގެދޮރު ގެއްލިފައިވާ 175،000 އަށް ވުރެ ގިނަ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *