ފްރާންސްގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހިރާކުރުން މަނާކޮށްފި

ފްރާންސްގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހިރާކުރުން މަނާކޮށްފި

Author
ހުސެއިން
13 އޮކްޓޯބަރ 2023 12:51
0

ފަލަސްތީނަށް ތާއީދުކޮށް މުޒާހިރާކުރުން ފްރާންސުގައި މަނާ ކޮށްފިއެވެ.

ފަރަންސޭސިވިލާތުން ބުނެފައިވަނީ ފަލަސްތީނަށް ތާއީދުކުރާ ހުރިހާ މުޒާހަރާއެއް ކުރުން މަނާކުރަނީ މިފަދަ މުޒާހަރާތަކުގެ ސަބަބުން އާންމު އަމަން އަމާންކަމަށް ނުރައްކާވާތީ ކަމުގައެވެ. ފްރާންސްގެ ދާޚިލީ ވަޒީރު ޖެރަލްޑް ޑާމަނިން ސަރަހައްދީ ޕްރިފެކްޓުންނަށް ފޮނުއްވި ނޯޓެއްގައި ވިދާޅުވެފައިވަނީ މުޒާހަރާތަކުގެ ސަބަބުން އާންމު އަމަން އަމާންކަމަށް ނުތަނަވަސްކަން އުފެދިދާނެ ކަމަށާއި، އިންތިޒާމުކުރާ ފަރާތްތައް ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

އިސްރާއީލިން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފަލަސްތީނަށް ތާއީދުކޮށް މުޒާހިރާ ކުރަމުންނެވެ. މިފަދަ މުޒާހިރާތައް ގިނައިން ހިގަމުންދަނީ ހުޅަނގާއި ޔޫރަޕްގެ ގައުމުތަކުގައެވެ.

އިޒްރޭލުގެ ވައިގެ އަސްކަރިއްޔާއިން ބުނެފައިވަނީ މިހާރު ކުރިޔަށްދާ ހަނގުރާމާގައި، ހޮނިހިރު ދުވަހުން ފެށިގެން ޣައްޒާގެ 3600 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ. އިސްރާއީލުން މީގެ ކުރިން ބުނެފައި ވަނީ އާބާދީ ބޮޑު ގާޒާ ސިޓީއަށް 6،000 ބޮން ވައްޓާލާފައިވާ ކަމަށެވެ. "ބޭނުންހާ ހިނދަކު ގަދަބާރުން އަދި ކެނޑިނޭޅި ހަމަލާދެމުން ގެންދާނެ،" ސޯޝަލް މީޑިއާ ޕްލެޓްފޯމު، އެކްސްގައި އިސްރާއީލުގެ ވައިގެ ސިފައިން ބުނެފައިވެ އެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 1،417 މީހުން މަރުވެފައިވާ އިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ކުޑަކުދިންނާއި އަންހެނުން މަރުވެ، 6،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.