އަދާލަތުގެ ވިސްނުމަކީ އަންނަ މަޖިލިސް އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުން!

އަދާލަތުގެ ވިސްނުމަކީ އަންނަ މަޖިލިސް އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުން!

Author
އައިޝަތު އަޙްމަދު
12 އޮކްޓޯބަރ 2023 01:50
0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓިގެ ފަރާތުން ފަސް ދާއިރާއަކަށް ވާދަކުރުމަށް މަޝްވަރާކޮށްފައިވާކަމަށް އެޕާޓިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ. މިފަހަރުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާނެއެވެ. އަންނަ މަޖިލިސް އިންތިޚާބަށް ބައެއް ފަރާތްތަކުން ޝާޢުގުވެރިކަން ފާޅުކޮށް މިހާރު ވަނީ ކެމްޕެއިން ފަށާފައެވެ.

އަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު ވިދާޅުވީ، ރޭ ބޭއްވުނު ޢަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި 2024 ވަނަ އަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު މަޝްވަރާ ކުރެވުނުކަމަށެވެ.

މިކަމާމެދު ގޮތެއް ނިންމުމުގެކުރިން ގޮފިތަކާއި ދާއިރާތަކާ އިތުރަށް މަޝްވަރާކުރުމަށް ވެސް އެއްބަސްވެވުނު

– ޢަލީ ނަޒީރު ވިދާޅުވިއެވެ.

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 ދާއިރާ ހިމެނެއެވެ. ނަމަވެސް އެއިން އެއްވެސް ދާއިރާއެއްގެ ގޮނޑިއެއް އަދާލަތު ޕާޓީއަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އެޕާޓީއަކީ މަޖިލީހުގައި އެއްވެސް މެންބަރެއްނެތި، މިސަރުކާރުގައި ނުފޫޒްގަދަ ޕާޓީއެކެވެ. މިކަމާއި ގުޅިގެން އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން އަދާލަތަށް ފާޑުކިޔުން އަމާޒުކުރަމުން ގެންދެއެވެ.

18 ވަނަ މަޖިލީހުގައިވެސް އަދާލަތަށް މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އެ މަޖިލީހުގައި އިންނެވީ އަދާލަތުގެ އެންމެ މެންބަރެކެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް އަދާލަތުން އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން މަސައްކަތްކުރިއެވެ. ނަމަވެސް އެ އިންތިޚާބު އެ ކޯލިޝަނަށް ވަނީ ނާކާމިޔާބުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކައިދާ
ޥާދަ ކުރެވުދާނެ މަހިތުން ގޮނޑިއެއް ނުލިބޭނެ