ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އައު ގައުނެއް، ރަމްޒުކޮށްދެނީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، އިސްލާމީ ތާރީޚު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އައު ގައުނެއް، ރަމްޒުކޮށްދެނީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، އިސްލާމީ ތާރީޚު

Author
އައިޝަތު އަޙްމަދު
10 އޮކްޓޯބަރ 2023 03:39
0

ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، ދިވެހި ތާރީޚު ދައްކުވައިދޭ ޚާއްޞަ ގައުނެއް އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންކުރާގޮތަށް ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރުން ތުރުކުރައްވަމުން އަންނަނީ ރިހި ކުލައިގެ ރޭނދާ އަޅާފައިވާ ކަޅު ކުލައިގެ ގައުނެކެވެ. އަދި އުއްތަމަ ފަނޑިޔާރު ތުރުކުރައްވަނީ ރަން ކުލައިގެ ރޭނދާ އަޅަފައިވާ ގައުންއެކެވެ.

ސުޕްރީމް ކޯޓިގެ ފަނޑިޔާރުންނާއި އުއްތަމަ ފަނޑިޔާރު ބެނުންކުރާ ގައުނަށް މިހާރު މިވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަލަށް ތައާރަފްކުރި ގައުން ފަރުމާ ކޮށްފައިވަނީ އިސްލާމީ ތާރީޚާއި ރާއްޖޭގެ ސަގާފަތާއި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދޭ ގޮތަށެވެ. މި ގައުންތަކުގައި އަޅާފައިވާ ރޭނދާގެ ބައެއް ފަރުމާކޮށްފައިވަނީ ހުކުރު މިސްކިތުގައި ހުންނަ ހިރިގަލުގައިވާ ފަރުމާ އަސްލަކަށް ބަލައިގެންނެވެ.

އަދި ތިން ތަރިއާއި، ތިލަފަތް ރަމްޒުކޮށްދެނީ އަދުލް އިންސާފު ޤާއިމްކުރުމުގެ ބާރާއި، ޝަރުޢީ ދާއިރާގެ މިނިވަންކަމެވެ. އެއީ ސުޕްރީމް ކޯޓުގެ މިނިވަންކަން ރަމްޒުކޮށްދޭ ފަރުމާއެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، އުއްތަމަ ފަނޑިޔާރު ޚައްޞަ މުނާސަބުތަކާއި، ޝަރީޢަތްތަކުގައި ދެން ތުރުކުރައްވާނީ މި ގައުންތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.