ޑރ. މުއިއްޒު ނިންމަވާފައިވަނީ ސިޔާސީ މަޤާމުތައް 700 އަށްވުރެ އިތުރު ނުކުރުމަށް: ފިރުޒުލް

ޑރ. މުއިއްޒު ނިންމަވާފައިވަނީ ސިޔާސީ މަޤާމުތައް 700 އަށްވުރެ އިތުރު ނުކުރުމަށް: ފިރުޒުލް

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2023 01:14
0

އަލަށް އުފެދޭ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަޤާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުމަށް ޑރ. މުއިއްޒު ނިންމަވާފައިވާކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ އަލަށް އުފެދޭ ސަރުކާރުގެ ސިޔާސި މަޤާމުތައް 700 ގައި ހިފެހެއްޓެވުން ކަމަށެވެ. މިއީ މިހާރު އޮތް ސަރުކާރުގެ 1،063 ސިޔާސީ މަޤާމަށްވުރެ މާބޮޑު ތަނުންވެސް މަދު އަދެއް ކަމަށެވެ.

އަދި މިއީ މިސަރުކާރުން ހާމަކުރެއްވި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ސިޔާސީ މަޤަމުތައް ކަމަށްވާ 8004 ސިޔާސީ މަޤާމަށްވުރެވެސް މަދު އަދަދެއް ކަމަށެވެ. ފިރުޒުލް ވިދާޅުވީ މުއިއްޒު ނިންމަވާފައިވަނީ މަތިބަރު ސަރުކާރަކަށް އެމަނިކުފާނުގެ ސަރުކާރު ނުވުންކަމަށެވެ. އެމަނިކުފާނުގެ 700 ސިޔާސީ މަޤާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ގެކޮޅާއި، ނައިބް ރައީސްގެ ގެކޮޅާއި، ވަޒީރުންނާއި ކުންފުނިތައް ހިމެނޭހެން އެތަންތަނަށް އައްޔަން ކުރާ ސިޔަސީ ބޭފުޅުންގެ އަދަދު ކަމަށެވެ.

ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އައިއިރު، ހަތަރު ސަރުކާރެއް ދިވެހިން ތަޖުރިބާ ކުރިއެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރެވެ.

އަބަދުވެސް އޭރަކު އިދިކޮޅުގައި އޮންނަ ސިޔާސީ އެންމެ ބޮޑު ޕާޓީއެއްގެ އެއް ޝަކުވާއަކަށް ވެފައި އޮންނަނީ ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަވުމުގެ ޝަކުވާއެވެ. ވުޒާރާތަކާއި ކުންފުނިތަކުގައި ބޭކާރު މަގާމުތައް އުފައްދައި، އެ މަގާމުތަކަށް އެކިއެކި ބޭފުޅުން އައްޔަން ކުރާ ވާހަކައަކީ އަބަދު ދެކެވޭ ވާހަކައެކެވެ. އޭރެއްގައި އޮންނަ އިދިކޮޅު ޕާޓީއަކުން އެ ސަރުކާރުތަކަށް ދިން ލަގަބަކީ "މަތިބަރު" ސަރުކާރެއްގެ ލަގަބެވެ!

ނަމަވެސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރަކީ މަތިބަރު ސަރުކާރަކަށް ނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.