އިންތިޚާބީ ރައީސާއި، ނައިބް ރައީސްގެ ހުވާ ކުރެއްވުން ޖުމްހޫރީ މައިދާނުގައި!

އިންތިޚާބީ ރައީސާއި، ނައިބް ރައީސްގެ ހުވާ ކުރެއްވުން ޖުމްހޫރީ މައިދާނުގައި!

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2023 01:08
0

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި، އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ، އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަކީ ގާނޫނުގައި ބުނާ ގޮތުންނަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކަމަށްވާތީ, އެ ރަސްމިއްޔާތުގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ، އިންތިޚާބީ ރައީސްގެ އެދިލެއްވުމުގެ މަތިން, އެ ރަސްމިއްޔާތު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށާ އެކަން އެގޮތަށް ތަރުތީބު ވަމުން އަންނަ ކަމުގެ ޔަޤީންކަން މަޖިލީހުން ދީފައިވާ ކަމަށެވެ.

މިހާތަނަށް މަޝްވަރާ ކުރެވިފައިވަނީ ކުރިން އިންތިހާބީ ރައީސް ވެސް އިޝާރާތް ކުރައްވާފައިވާ ފަދައިން ޖުމްހޫރީ މައިދާނުގައި މި ދަރުބާރު ބޭއްވުމަށް. މިހާރު މަޝްވަރާ ކުރެވިފައިވާ ގަޑިއަކީ 17 ނިވެމްބަރު ވާ ހުކުރު ދުވަހުގެ ހަވީރު ގެ ވަގުތެއްގައި މި ދަރުބާރު ކުރިއަށް ގެންދަން ފިރުޒުލް ވިދާޅުވިއެވެ. ނަމަވެސް މިދުވަސް ވަރުގެ މޫސުންނ ހުރި ގޮތަށް ބަލައި ހާލަތު އޮތް ގޮތަކަށް ބަލައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާ ތަނާއި ވަގުތަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާތުގައި ރައީސުލްޖުމްހޫރިއްޔާކަމަށާއި، އެމަނިކުފާނުގެ ނާއިބުގެ މަޤާމަށް އިންތިޚަބުވެވަޑައިގަންނަވާ ބޭފުޅަކު ހުވާ ކުރައްވާނީ އެކަމަށްޓަކައި ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.