ފާޑު ކިއުންތަކާ ކުރިމަތިނުލާ އިސްލާހީ މަސައްކަތް ކުރެވިދާނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން މިއަދު ވިދާޅުވެއްޖެއެވެ.
އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާޑު ކިޔުންތަކާ ކުރިމަތި ނުލާ އިސްލާހީ މަސައްކަތް، ވަކިން ހާއްސަކޮށް ސިޔާސީ އިސްލާހީ މަސައްކަތް ކުރެވިދާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ.
ފާޑުކިޔުންތަކާ ކުރިމަތި ނުލާ އިސްލާހީ މަސައްކަތް،
ވަކިން ޚާއްސަކޮށް ސިޔާސީ އިސްލާހީ މަސައްކަތް ކުރެވިދާނެކަމަށް ހީކުރުމީ ވަރަށްބޮޑު ކުށް ހީ އެކެވެ.ސިޔާސީ މަސައްކަތަށް ނިކުންނަންވާނީ ފާޑު ކިޔުންތައް އަންނާނެކަން އެނގި އެކަން ތަޙަންމަލު ކުރުމުގެ ވިސްނުމާވެސް އެކުގައެވެ.
— Imran Abdulla (@ShimranAb) October 6, 2023
ސިޔާސީ މަސައްކަތަށް ނުކުންނަން ވާނީ ފާޑު ކިޔުންތައް އަންނާނެ ކަން އެނގި އެކަން ތަހަންމަލް ކުރުމުގެ ވިސްނުމާ ވެސް އެކުގައި ކަމަށް އިމްރާން ވިދާޅުވިއެވެ.
ޢިމާރާން އިސްވެ ހުންނަވައިގެން އޭނާގެ އަދާލަތު ޕާޓީން މި ފަސް އަހަރު ކުރިއަށްދިޔައީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ ކޯލިޝަން ހަދައިގެންނެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބަށްވެސް އެމްޑީޕީއާއެކު ކޯލިޝަން ހެދިއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބެއް ނުވެއެވެ.
އިމްރާން މިހާތަނަށް އައީ އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޚާއްޞަކޮށް އިންތިޚާބުގެ ތެރޭގައި ޑރ.މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ނަމަވެސް ޢިމްރާަށްވެސް އެކަމާއި ގުލިގެން ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން ޢިމްރާން ބޮޑަށް މަސައްކަތްކުރައްވަނީ މަޤާމުގެ ބޭނުމުގައިކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރެއެވެ.
ސަރުކާރުގައި އަދާލަތު ޕާޓީ އޮތްނަމަވެސް މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ޢިމްރާނާއި އަދާލަތަށް ޢަމާޒުކުރާ އެންމެ ބޮޑު ފާޑުކިޔުމަކީ، އެޕާޓީއަށް މަޖިލީހުގެ އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުމެވެ. ކައުންސިލް އިންތިޚާބުގައިވެސް ކާމިޔާބުކުރެވުނީ ވަރަށް މަދު ގޮނޑިއެކެވެ.
ޢިމްރަނާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުންނަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙުގެ ވަރަށް އަރިސް ބޭފުޅުންތަކެކެވެ. ނަމަވެސް މިސަރުކާރު އައުމުގެ ކުރިން ޢިމްރާން ވަނީ އެމްޑީޕީއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ