ސިޔާސީ މަސައްކަތުގައި އެއްވާނެއްގައި، އެއްގޮތެއްގައި ދިގުމުއްދަތަކަށް ސާބިތުވެ ހުރުމަކީ ވަރަށް ބޮޑުކަމެއްކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢިމާރާން އިސްވެ ހުންނަވައިގެން އޭނާގެ އަދާލަތު ޕާޓީން މި ފަސް އަހަރު ކުރިއަށްދިޔައީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ ކޯލިޝަން ހަދައިގެންނެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބަށްވެސް އެމްޑީޕީއާއެކު ކޯލިޝަން ހެދިއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބެއް ނުވެއެވެ.
ޢިމްރާން ވިދާޅުވީ، ސިޔާސީ މަސައްކަތުގައި އެއްވާނެއްގައި، އެއްގޮތެއްގައި ދިގުމުއްދަތަކަށް ސާބިތުވެ ހުރުމަކީ ވަރަށް ބޮޑުކަމެއްކަމަށެވެ.
– ޢިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާން މިހާތަނަށް އައީ އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޚާއްޞަކޮށް އިންތިޚާބުގެ ތެރޭގައި ޑރ.މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ނަމަވެސް ޢިމްރާަށްވެސް އެކަމާއި ގުލިގެން ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން ޢިމްރާން ބޮޑަށް މަސައްކަތްކުރައްވަނީ މަޤާމުގެ ބޭނުމުގައިކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރެއެވެ.
ސަރުކާރުގައި އަދާލަތު ޕާޓީ އޮތްނަމަވެސް މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ޢިމްރާނާއި އަދާލަތަށް ޢަމާޒުކުރާ އެންމެ ބޮޑު ފާޑުކިޔުމަކީ، އެޕާޓީއަށް މަޖިލީހުގެ އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުމެވެ. ކައުންސިލް އިންތިޚާބުގައިވެސް ކާމިޔާބުކުރެވުނީ ވަރަށް މަދު ގޮނޑިއެކެވެ.
ޢިމްރަނާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުންނަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙުގެ ވަރަށް އަރިސް ބޭފުޅުންތަކެކެވެ. ނަމަވެސް މިސަރުކާރު އައުމުގެ ކުރިން ޢިމްރާން ވަނީ އެމްޑީޕީއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.