ފައި ބިނދުނު އޮސްޓިޗްއަށް ފަރުވާ ދެވޭނެ ފަރާތެއް ހޯދަނީ

ފައި ބިނދުނު އޮސްޓިޗްއަށް ފަރުވާ ދެވޭނެ ފަރާތެއް ހޯދަނީ

Author
ހުސެއިން
05 އޮކްޓޯބަރ 2023 04:31
0

މާލޭގައި ގެންގުޅޭ ބޮޑު އޮސްޓްރިޗްގެ އެއްފައި ބަޔަކު ބިންދާލުމާއި ގުޅިގެން، އޮސްޓްރިޗްއަށް ފަރުވާ ދޭނެ ބަޔަކު ހޯދުމަށް އެދޭ ކަމުގައި އޭގެ ވެރިފަރާތުން ބުނެފިއެވެ.

އޮސްޓްރިޗްގެ ވެރިފަރާތުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވަރަށް ލޯބިން ގެންގުޅެމުންއައި އޮސްޓްރިޗަށް ރޭގެ ވަގުތެއްގައި ބަޔަކު ކޮށީތެރެއަށްވަދެ ހަމަލާދީ އޭގެ ފައި ބިންދާލާފައި ވާކަމުގައެވެ. އަދި އެފަރާތުން ބުނެފައިވަނީ މި އަމަލަކީ ވަރަށް ފިނޑި އަމަލެއް ކަމުގައެވެ.

އޭގެ ވެރިފަރާތުން ބުނެފައިވަނީ މި ދޫނި ބަލާލުމަށްޓަކާ 50 ނުވަތަ 100 ވަރަކަށް ކުޑަކުދިންނާއި ބޮޑެތި މީހުން ކޮންމެ ދުވަހަކުވެސް ޒިޔާރަތް ކުރަމުން ގޮސްފައިވާކަމުގައެވެ.

އޮސްޓްރިޗްގެ ވެރިފަރާތުން އެދިފައިވަނީ އެއަށް ލިބުނު އަނިޔާއަށް ފަރުވާއެއް ދެވޭނެ ފަރާތެއް ހުރިނަމަ 9151199 ނުވަތަ 7644446 އާގުޅުއްވުމަށެވެ.

އޮސްޓްރިޗްގެ ވެރިފަރާތުން ބުނެފައިވަނީ މިމައްސަލަ އަދި ފުލުހަށް ހުށަހަޅާފައި ނުވިނަމަވެސް އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ ގުޅިގެން މިކަން ހިންގި ފަރާތް ހޯދަމުން އަންނަ ކަމަށެވެ.

އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި އޮސްޓްރިޗް ގެންގުޅެނީ ހުއްދަ ނަގައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.