ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފި

ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފި

ގުޅުންހުރި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ މިރޭ އިއުލާން ކޮށްފިއެވެ.

ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އަށް ބަލާ އިރު، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. ރައީސް ސޯލިހާއި މުއިއްޒާ ދެމެދުގައި 19،291 އަށް ވުރެ ގިނަ ވޯޓުގެ ތަފާތެއް އޮތް ކަމަށް ނަތީޖާ އިން ދައްކައެވެ.

މިއީ ރިޔާސީ އިންތިޚާބެއްގެ ދެވަނަ ފުރާއި ފުރަތަމަ ބުރުންވެސް އެއްވަނާގައި އޮވެ އިންތިޚާބު ކާމިޔާބު ކުރެއްވި ފުރަތަމަ ކެންޑިޑޭޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި، މުއިއްޒު ކާމިޔާބު ހޯއްދެވިއިރު، ވެރިކަން ބަދަލުވުމުގެ މަރުހަލާ ވަނީ ފަށައިފައެވެ. އަދި އެކަމަށް ހާއްސަ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލައިފައެވެ.

ޑރ. މުއިއްޒަކީ މިޙާރު މާލެ މާލެ ސިޓީގެ މޭޔަރެވެ. އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އާއި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރުކަން ކުރައްވާފައެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ