ޔޫ.އޭ.އީން ރާއްޖޭގެ ތަރައްޤީއަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭން ތައްޔާރު!

ޔޫ.އޭ.އީން ރާއްޖޭގެ ތަރައްޤީއަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭން ތައްޔާރު!

އެކުވެރި ޢަރަބި އިމާރާތުން (ޔޫ.އޭ.އީ) އިން ރާއްޖޭގެ ތަރައްޤީއަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވަން ތައްޔާރަށް އޮތްކަން ހާމަކޮށްފިއެވެ.

މިޔަގީކަން ޔޫއޭއިން ދެއްވާފައިވަނީ އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އެކުވެރި ޢަރަބި އިމާރާތުން (ޔޫ.އޭ.އީ) ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކުރެއްވި އިހުތުރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ޔޫ.އޭ.އީއާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މި ގުޅުމުގެ ތެރެއިން، ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގާތްކަން މިހާރަށްވުރެ ބަދަހިވެގެންދިޔުމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާކަން ފާހަގަކުރެއްވެވިއެވެ.

އަދި ޔޫ.އޭ.އީގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށާއި ދިވެހި ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ފަހިކޮށްދެއްވަމުންގެންދަވާ ފަސޭހަތަކަށްޓަކައި ޝުކުރުއަދާކުރައްވަވައި، ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޔޫ.އޭ.އީ ސަރުކާރުގެ އެހީތެރިކަމާއި ޔޫ.އޭ.އީގެ ވިޔަފާރިވެރިންނާއި ވުނޭރުންގެ ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ.

އެކުވެރި ޢަރަބި އިމާރާތުން ކަނޑައަޅުއްވާފައިވާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-ޔޫ.އޭ.އީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *