"ކޮފީ ވިތު ކަރަން" ގެ 8 ވަނަ ސީޒަން ފަށަނީ

"ކޮފީ ވިތު ކަރަން" ގެ 8 ވަނަ ސީޒަން ފަށަނީ

މިދިއަ އަހަރު ނިންމާލި "ކޮފީ ވިތު ކަރަން" ގެ 7 ވަނަ ސީޒަން އަށް ފަހު އަނެއްކައިވެސް މީގެ އައު ސީޒަން އަކާއި އެކުގައި މިޝޯވ ގެނެސްދެމުން އަންނަ ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރު ކަރަން ޖޯހަރު އިއުލާން ކޮށްފިއެވެ.

ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ 8 ވަނަ ސީޒަން މި މަހުގެ 26 ގައި ޕްރީމިއާކުރަން ނިންމައި، އޭގެ ޕްރޮމޯ ވެސް މިހާރު އަންނަނީ ދައްކަމުންނެވެ.

މި ޝޯއަކީ ކަރަންއާ ގާތް ބޮލީވުޑްގެ ތަރިންނާއެކު ކުރިއަށް ގެންދާ ޝޯއެކެވެ. މީޝޯއާ މެދު ހިތްހަމަ ނުޖެހި ޝޯ ތެރެއިން ކިތަންމެ ތަރިންނެއް އޭނާއަށް ވައްބަހުންވެސް ޖަހައެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

މި ފަހަރު ވެސް މި ޝޯ ގެނެސްދޭނީ މިދިޔަ އަހަރެކޭ އެއްގޮތަށް ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. އާންމު އުސޫލުގެ މަތިން އާ ސީޒަންގައި ވެސް އިންޑިއާގެ މަޝްހޫރު ސެލެބްރީންތަކެއް މެހުމާނުންގެ ގޮތުގައި އެކި އެޕިސޯޑްތަކުގައި ބައިވެރިވާނެ އެވެ.

މީގެ ކުރީގެ ސީޒަން ތަކުގައިވެސް ތަރިންގެ ވަރަށް ޕާސަނަލް ވާހަކަތައް ވަނީ މިޝޯ މެދުވަރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ. "ކޮފީ ވިތު ކަރަން" އަކީ 2004 ގައި ގެނެސްދޭން ފެށި އަދި އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ޝޯއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *