"މިޝަން ރާނީގަންޖު" ގެ ފުރަތަމަ ބެލުންތެރިނަށް

"މިޝަން ރާނީގަންޖު" ގެ ފުރަތަމަ ބެލުންތެރިނަށް

Author
ފާތިމަތު ނާވީ
05 އޮކްޓޯބަރ 2023 06:07
0

ކައިވެނީގެ ހަދިއާއެއް ގެ ގޮތުގައި ކަމަށް ބުނެ އަކްޝާ ކުމާރު ޕަރިނީތީ އަށް އެދެތަރިންގެ ކުރިއަށް އޮތް ފިލްމް "މިޝަން ރާނީގަންޖު" ގެ ލޯބީގެ ލަވައެއް ގެ ޓީޒާ ދޫކޮށްލައިފިއެވެ.

"ކީމްތީ" ކިޔާ މިލަވައިގައި ފެނިގެންދަނީ އަކްޝޭ އާއި ޕަރިނީތީގެ ލޯބި އެވެ. ސިނަމާ ތަކަށް މި ފިލްމް އަންނީ މިމަހުގެ 6 ވަނަ ދުވަހުގައިއެވެ. މި ލަވައިގެން އެދެމީހުންގެ ކެމިސްޓްރީ ވަރަށް ރީތިކޮށް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

މި ފިލްމް ބިނާކޮށްފައިވަނީ ވަނީ 1989 ގެ ނޮވެމްބަރު މަހުގެ ތެރޭގައި ކޯލްމައިނެއްގެ ތެރޭގައި ތާށިވި ގިނަ ބަޔަކު ސަލާމަތް ކުރަން ހިންގި އޮޕަރޭޝަނަށެވެ. މި މިޝަންގެ އިސްކޮށް ހުރީ ޖަސްވަންތު ސިންގް ގިލް ކިޔާ މީހެކެވެ.

އެއާއި އެކުގައި މި ފިލްގައި އަކްޝޭ ކުޅެފައިވަނީ ޖަސްވަތުގެ ރޯލެވެ. މީގެ ކުރިންވެސް ބައެއް ބައޯޕިކް ތަށް އަކްޝޭ ވަނީ ކުޅެފައިއެވެ. މި ފިލްމް އެޅުވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހަށެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޓީނޫ ސުރޭޝް ދެސާއީ އެވެ. މީގެ ކާސްޓްގައި ރަވީ ކިޝަން، ކުމުދު މިޝްރާ، ވަރޫން ބަޑޯލާ، ޕަވަން މަލްއުތުރާ، ދިބްޔެންޑޫ ބަޓަޗާރިއާ އަދި އާންނަތު މަހާދޭވަން ފަދަ ފަންނާނުން ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.