"މެރީ ކްރިސްމަސް" އަވަސްކޮށްފި

"މެރީ ކްރިސްމަސް" އަވަސްކޮށްފި

Author
ފާތިމަތު ނާވީ
04 އޮކްޓޯބަރ 2023 07:52
0

ބޮލީވުޑްގެ ރީތި ބަތަލާ ކެޓްރީނާ ކައިފް އާއި ސައުތުގެ އެފަދަ ދެވަނެއް ނުވާ ކާމިޔާބު އެކްޓަރ ވިޖޭ ސެތުޕަތީ އެކުގައި ފެނިގެންދާ ފިލްމް "މޭރީ ކްރިސްމަސް" ރިލީޒްކުރާ ތާރީހު އަވަސްކޮށްފިއެވެ.

ޑިސެމްބަރު މަހުގެ 15 އަށް ތާވަލުކުރި ފިލްމުގެ ތާރީހަށް މިހާރު ގެނައި ބަދަލާ އެކީ ހަފުތާއެއް ކުރިއަށް ޖައްސައި މިހާރު ބެލުންތެރިންނަށް ފިލްމު ދޫކޮށްލާނީ އެ މަހުގެ 8 ގައެވެ.

 

View this post on Instagram

 

A post shared by Tips Films (@tipsfilmsofficial)

"ރޭސް" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ "މޭރީ ކްރިސްމަސް" އަކީ ތުރިލާއެކެވެ. ސްރީރާމް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ތިން ނެޝަނަލް އެވޯޑް ހޯދި 2018 ގެ ބްލެކް ކޮމެޑީ ކްރައިމް ތުރިލާ "އަންދާދުން" އެވެ.

"މޭރީ ކްރިސްމަސް" އަކީ އިންޓަވަލެއް ނުހިމެނޭ ގޮތަށް ހަދާ 90 މިނިޓްގެ ފިލްމެކެވެ. ބޮލީވުޑް ހަންގާމާއިން ބުނިގޮތުގައި މި ފިލްމު ސްރީރާމް ހަދަނީ ކުރު ވާހަކައެއްގެ މައްޗަށް ބިނާކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.