ނައިފަރުން ގެއްލުނު ކުއްޖާ ފަސް ދުވަސް ފަހުން އެ ރަށުން ފެނިއްޖެ

ނައިފަރުން ގެއްލުނު ކުއްޖާ ފަސް ދުވަސް ފަހުން އެ ރަށުން ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
02 އޮކްޓޯބަރ 2023 10:56
0

ޅ. ނައިފަރުން ގެއްލިގެން ހޯދަމުން އަންނަ ކުޑަކުއްޖާ މިއަދު އެ ރަށުން ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް މިހާރު ފެނިފައިވާ ކަމަށެވެ. އެ ކުއްޖާ ފެނުނީ ރަށުން ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާ ފެނުނު ތަނާއި އިތުރު ތަފުސީލެއް ވެސް ފުލުހުން ނުދެއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން އައީ ޅ. ނައިފަރު ސީނިޔާގެ، 13 އަހަރުގެ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލެވެ.

އެންމެ ފަހުން ފެނުނު އިރު އެ ކުއްޖާ ލައިގެން ހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖީންސެއް އަދި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް ފުލުހުން އޭރު ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
މީހުން ގެއްލިފަ ފެނުމުގެ ޚަބަރަކީ މިހާރު ވަރަށް އާދައިގެ، ގިނަގިނައިން ފެންނަ ޚަބަރަކަށްވެއްޖެ. ގެއްލޭ މީހުން ފެނުމުން އެމީހަކު ގެއްލުނު ގޮތަކާއި ފެނުނުގޮތް ފުލުހުން ހާމަ ނުކުރުމަކީ މިކަމުގެ ސީރިއަސްކަން ގެއްލި މިކަން ޖޯކަކަށް ބަދަލުވާ ކަމެއް.