ވެރިކަމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާއި އެއްގޮތަށް، ވެރިކަން ކުރައްވާނީވެސް އެވައުދުތަކުގެ މަތީގައި ކަމަށާއި، ސިޔާސީ މަޤާމުތައް ފިޔަވައި އެހެން އެއްވެސް ވަޒީފާއެއްގައި ހުރި މީހަކު ވަޒީފާތަކުން ވަކި ކުރުމަށް ޕީޕީއެމް/ޕީއެންސީގެ އެއްވެސް ބޭފުޅަކު އެދިވަޑައި ނުގެންނެވުމަކީ ވަރަށް ބޮޑު އެދުމެއް ކަމުގައި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ޝޯސަލް ސެންޓަރުގައި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ބޭއްވި ޚާއްސަ ހަފްލާގައި މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށް އެންމެ ގިނައިން ވެވަޑައިގެންވި އެއް ވައުދަކީ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ފިޔަވައި އެހެން ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ވަޒީފާތަކުން ވަކި ނުކުރާނެ ކަމުގެ ވާހަަކަ ކަމަށެވެ. ނަމަވެސް ވެރިކަން ލިބުމުން ޕީޕީއެމް/ޕީއެންސީގެ ރަށްރަށުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންގެ ފަރާތުން އެކި ބޭފުޅުން ވަޒީފާތަކުން ވަކި ކުރުމަށް އެދެމުން ދާކަމަށެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް ވީ ވައުދާއިއެއްގޮތަށް އެއްވެސް މީހަކު ނުހައްގުން ވަޒީފާއިން ވަކިކޮށް އަނިޔާ ދިނުމަކީ ކުރާނެ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއްވެސް ބޭފުޅަކު މިވަގުތުގައި ޖަޒުބާތުގައި ޖެހި އެގޮތަށް އެކަން ކުރުމަށް އެދިވަޑައި ނުގެންނެވުމަށް މުއިއްޒު އެދި ވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރައްތަކުގައި މިހާރުވެސް ގިނަ އަދަދެއްގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި، އަދި ކެމްޕޭނާއި ދިމާކޮށް ސަރުކާރުން ވަރަށް ގިނަ މަޝްރޫޢުތައް އިފްތިތާހުވެސް ކޮށް ދެއްވި ކަމަށެވެ. ނަމަވެސް މުއިއްޒު މިރޭވެސް ވިދާޅުވީ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލާނެކަމަށެވެ. އަދި މަޝްރޫއުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމާލުމަކީ ކުރައްވާނެ ކަންތައް ކަމަށެވެ.
މުއިއްޒު ރާއްޖޭގެ އެކި ކުންފުނިތަކުގައި އެކި ރަށްރަކުގައި މަސައްކަތް ކުރައްވާ މުވައްޒިފުންނަށް މިރޭވެސް ވަޒީފާގެ ޔަގީންކަން ދެއްވާފައެވެ. އަދި ކުންފުނިތަކުގައި އޮތް ދަރަނީގެ ހާލަތުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދާ ކުންފުނިތައް އަރަނިވެރި ކުންފުނިތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
3 Responses
މުއީޒް ބޭނުންވާ ބަޔަކު ކެބިނެޓައްލާ ނިމުމާ އެދޭތެރޭގަ ހިނގާވަގުތެއް އޮތީ ދެން ފެންްނާނީ ކަނޑާލާފި މިހެން ނޫސްތަކުގަ ޖަހާލާފަ އޮންނަތަން
މުއިއްޒު ބުނީ ތިމަންނަ ކައިރީ ބުނާކަށް ނުޖެހޭނެއޭ. ތިމަންނަ އެކަން ކޮށްލާނަމޭ.
ކަޑާލަން ވީ ކީކުރަން ބާތިއްބަނީ އޭއި ހުސްސިޔާސީ މަގާމު ކެންޕެއިން ތަކައް ވަޒީފާ ތައްބަހާލީ