ކުޑަ އިރުކޮޅެއްގެ ތެރޭގައި ރައީސް ޔާމީން ގެއަށް، އެތައް ސަތޭކަ ސަޕޯޓަރުންނެއް އުފާ ފާޅުކުރުމުގައި

ކުޑަ އިރުކޮޅެއްގެ ތެރޭގައި ރައީސް ޔާމީން ގެއަށް، އެތައް ސަތޭކަ ސަޕޯޓަރުންނެއް އުފާ ފާޅުކުރުމުގައި

Author
އައިޝަތު އަޙްމަދު
01 އޮކްޓޯބަރ 2023 02:53
0

ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކުޑަ ވަގުތުކޮލެއްގެ ތެރޭގައި ގެއަށް ބަދަލުކުރާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެފިއެވެ.

ގާތްގަނޑަކަށް 3 ޖަހާ އެހާކަންހާއިރު ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާނެއެވެ. އިއްޔެ އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމް ޕީއެންސީން ކާމިޔާބުކުރުމާއެކު، އެތައް ސަތޭކަ ސަޕޯޓަރުންނެއް ނިކުމެ ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާއްފައެވެ. އެގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކުރައްވަން ނިންމުމާއެކު، އެތައް ސަތޭކަ ބަޔަކު ޕީޕީއެމް އޮފީސް ކުރިމަތީ ގެންދަނީ އުފާ ފާޅުކުރަމުންނެވެ. އެމީހުން ތިބީ ރައީސް ޔާމީން ވަޑައިގަންނަވާނެ އިންތިޒާރުގައެވެ.

ރައީސް ޔާމީންގެ ވަކީލް އާދަމް ޝަމީމް ވިދާޅުވީ، ރައީސް ޔާމީން މިހާރު ގެއަށް ބަދަލު ކުރާ ވާހަކަ ކަރެކްޝަންސް އިން ދެންމެ ވަކީލުންނަށް އަންގާފައިވާކަަމަށެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.