މުޢިއްޒުގެ ވޯޓުތަކެއް ބާޠިލުކުރަން ވޯޓު ކަރުދާހުގައި ކުރެހިކަމަށް ތުހުމަތުކުރާ އޮފިޝަލަށް ފިޔަވަޅު އަޅައިފި

މުޢިއްޒުގެ ވޯޓުތަކެއް ބާޠިލުކުރަން ވޯޓު ކަރުދާހުގައި ކުރެހިކަމަށް ތުހުމަތުކުރާ އޮފިޝަލަށް ފިޔަވަޅު އަޅައިފި

Author
އައިޝަތު އަޙްމަދު
30 ސެޕްޓެމްބަރ 2023 12:59
0

ލ.ފޮނަދޫގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް ވޯޓުލުމަށް ދިޔަ ބައެއްގެ ވޯޓު ކަރުދާހުގައި އެމަރުކަޒުގެ އޮފިޝަލެއް ކުރަހާފައި ވޯޓު ކަރުދާސް ދޫކުރި މައްސަލާގައި ފިޔަވަޅު އަޅައިފިއެވެ. އޮފިޝަލް ކުރަހާފައިވާކަމަށް ތުހުމަތުކުރަނީ ޑރ.މުއިއްޒަށް ދޭ ވޯޓު ބާޠިލްކުރުމަށެވެ. އެގޮތުން 4 ނަންބަރާއި ދިމާލުގައި ކުރަހާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މިކަމުގެ ކަންބޮޑުވުން ޕީޕީއެމް ޕީއެންސީން ވަނީ ފާޅުކޮށްފައެވެ.

އެސަހައްދުގައި ތިބި ބައެއް ފަރާތްތަކުން ވަނީ ވޯޓު ކަރުދާހުގައި ކުރަހާފައިވަނީ ޑރ.މުއިއްޒުއަށް ތާއީދުކުރާ ބަޔަކަށް ދޫކުރި ކަރުދާހުގައެވެ. މިކަން އީސީގެ ސަމާލުކަމަށް އައިސްގެން އެ ސަރަހައްދަށް އީސީގެ ޓީމެއް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

އީސީން ބުނީ އެއީ ޕްރިންޓުގެ މައްސަލައަކަށްވެސް ވެދާނެކަމަށެވެ. މިކަމާއި ގުޅިގެން އޮފިޝަލް މަސްޢޫލިއްޔަތުން ވަނީ ދުރުކޮށްފައެވެ. އަދި އެ ފޮށީގައި ވޯޓުލުން ފެށުމަށް  މިހާރު މަސައްކަތްކުރާކަަމަށްވެސް އީސީން ބުންޏެވެ.

މިހާތަނަށް އެކި  މައްސަލަތަކާއި ގުޅިގެން 10 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.