ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ސާލިހް ރަރިންމޭޓް މުހައްމަދު އަސްލަމް ވޯޓު ލައްވައިފިއެވެ.
އަސްލަމް ވޯޓު ލެއްވީ އައްޑޫ ހިތަދޫ ސްކޫލްގައި ބަހައްޓާފައިވާ 5 ނަންމަބަރު ފޮއްޓަށެވެ.
މިއަދު ކުރިޔަށްދާ، ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ރައީސް ޞާލިހުގެ އިތުރުން މިއިންތިޚާބުގައި ވާދަ ކުރައްވާ ޑރ. މުއިއްޒުވެސް ވަނީ ވަރަށް ހެނދުނާ ވޯޓު ލައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު 11 ޖެހުމާ ހަމައަށް ލައްކައަކާ ގާތް ކުރާ އަދަދަކަށް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ވަނީ ލިބިފައެވެ. މިއަދު ހެނދުނު 8 ޖެހުމާއެކު މާލެއާއި އަތޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ. ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލާ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިފަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ގަޑިއަށް އިތުރު އެއްގަޑިއިރު އިތުރުކޮށްދެއްވާފައެވެ.
އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. ހެނދުނު 7:30 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި އާއްމުން ވަނީ ކިޔުތައް ހަދަން ފަށާފައެވެ. ވޯޓުލާން ފުރަތަމަ އައި 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކެނޑުމަށްފަހު، 8 ޖެހިއިރު ވަނީ ވޯޓުލުން ފަށާފައެވެ.