ފޮނަދޫގައި ދޫކުރި 3 ވޯޓު ކަރުދާހުގައި ކުރަހާފައިވާކަމަށް ތުހުމަތުކުރާ މައްސަލައެއް، ވޯޓުލުން ވަނީ މެދުކަނޑާލާފަ

ފޮނަދޫގައި ދޫކުރި 3 ވޯޓު ކަރުދާހުގައި ކުރަހާފައިވާކަމަށް ތުހުމަތުކުރާ މައްސަލައެއް، ވޯޓުލުން ވަނީ މެދުކަނޑާލާފަ

Author
އައިޝަތު އަޙްމަދު
30 ސެޕްޓެމްބަރ 2023 12:43
0

ލ.ފޮނަދޫގައި ވޯޓު ކަރުދާހުގައި ކުރަހާފައިވާ މައްސަލައެއް ފެންމަތިވެ ވޯޓު ލުން ހުއްޓުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ފޮނަދޫގައި ވޯޓު ކަރުދާހުގައި ކުރެހުމުގެ ސަބަބުން ވޯޓުލުން މެދުކަނޑާލިކަން ހާމަކޮށްފައެވެ. އީސީން ބުނީ، ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަން ނޯންނާނެކަމަށެވެ. އަދި ވޯޓު ކަރުދާހުގައި ކުރަހާފައިވާ މައްސަލަ ބަލަމުން އަންނަކަމަށާއި، އެކަމުގައި ޢަމަލުކުރާނެ ގޮތެއް ވޯޓު ފޮށީގެ ވެރިޔާއަށް އަންގާފައިވާކަމަށް އީސީން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، އެރަށޫގައި ވޯޓު ކަރުދާސް ދޫކުރިއިރުވެސް ކުރަހާފައި އޮތް ތިން ކަރުދާހެއް ފާހަގަވިކަމަށެވެ.

ފޮނަދޫގެ 3 ނަންބަރު ވޯޓު ފޮށީގައި ދޫކުރި 3 ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއްވަނީ ފެންމަތި ވެފައި. މި 3 ކަރުދާސް ދޫކޮށްފައިވަނީ އަޅުގަނޑުމެންގެ ޔަގީން ވޯޓަކަށް. ވޯޓު ބާތިލު ކުރަން މިފަދަކަންތައް އެހެން ފޮށިތަކުގައި ކުރިޔަށްދޭތޯ ފާރަވެރިވުމަށް އެދެން

ރިޔާސީ އިންތިޚާބުގެ މިހާތަނަށް އާއިރު ވޯޓު ކަރުދާސް ފޮޓޯ ނުވަތަ ވީޑިއޯ ކުރި ބައެއް މައްސަލަތައް ފެންމަތިވެފައިވެއެވެ. މިހާތަނަށް ވަނީ ލައްކައެއްހާ މީހުން ވޯޓު ލާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.