ވޯޓުލީ މީހުންގެ އަދަދު ލައްކައަކާ ގާތްކޮށްފި

ވޯޓުލީ މީހުންގެ އަދަދު ލައްކައަކާ ގާތްކޮށްފި

Author
އަހުމަދު
30 ސެޕްޓެމްބަރ 2023 12:14
0

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު 11 ޖެހުމާ ހަމައަށް ލައްކައަކާ ގާތް ކުރާ އަދަދަކަށް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، 97،220 މީހުން 11 ޖެހުމާ ހަމައަށް ވަނީ ވޯޓުލައިފައެވެ. އެއީ ވޯޓު ލީ މީހުންގެ %34.38 މީހުންނެވެ. ވޯޓުލާފައި ވަނީ 44،763 އަންހެނުންނާއި 52،457 ފިރިހެނުންނެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުނުލާ މީހުންގެ އަދަދު %65.62 އަށް އަރައެވެ. އެއީ 185،584 މީހުންނެވެ.

މި އިންތިހާބުގައި ޖުމްލަ 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

އިންތިހާބުގެ މި ބުރުގައި ވޯޓުލުމުގެ ހައްގު 282،803 މީހަކަަށް ލިބިގެންވާއިރު، މި ފަހަރުގެ އިންތިހާބުގައި އިތުރު 408 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަން ފާހަަގަކޮށްލެވެއެވެ.

އަދި ފުރަތަމަ ބުރާއި ހިލާފަށް މި ބުރު ވޯޓުލުމަށް ރީރެޖިސްޓަރ ކުރި މީހުން އިތުުރުވެ، 586 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.