އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ލުމާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ދޮގު ފެތުރުމުގެ ކެމްޕޭނެއް ރާވަމުންދާކަމަށް ބުނެ، އެމްޑީޕީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
އެމްޑީޕީ އަދި އަދާލަތު ޕާޓީ ހިމެނޭހެން ކުރިންޔަށް ގެންދާ "އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އިދިކޮޅުން ރާއްވަމުންދާ މި ކެމްޕޭންގެ ހަގީގީ މަގްސަދަކީ އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދާ، ވޯޓަށް ނުފޫޒު ފޯރުވުން ކަމުގައެވެ.
އަދި މިއީ "އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުން ނުހަނު ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކޮށް، މި ކެމްޕޭން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައިވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރާގެން އެންޓިކެމްޕޭނުކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތްކޮށްފައިވާކަން މިފުރުސަތުގައި ފާހަގަކުރަން، ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއްނެތް ދޮގުފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށްނަގަން މަސައްކަތްކުރުމަކީ ވަރަށް ދަަށުދަރަޖައިގެ ފިނޑިއަމަލެއް.
އިދިކޮޅުން "ދޮގު ފެތުރުމުގެ" ކެމްޕޭނެއް ހިންގަމުންދާކަމަށް ތުހުމަތުކޮށް "އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މި ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިގޮތަށް ހިންގާ 'މިސްއިންފޮމޭޝަންގެ ކެމްޕޭނުތަކުގެ' ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި އަނދިރި ބާރުތަކުގެ އަތްމައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށާއި، އޭގެ ސަބަބުން ޑިމޮކްރަޓިކް ނިޒާމް ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލިގެން ހިގައިދާނެ ކަމުގައެވެ.
އަދި މިފަދަ ކަންކަމުން ރައްޔިތުން ސަލާމަތްވެ ތިބުމަށްވެސް އެމްޑީޕީ އަދި އަދާލަތު ޕާޓީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދަނީ މި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ބައިތިއްބާފައި ވާކަމަށާއި އަދި އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކަމުގައެވެ. އެހެންނަމަވެސް ސަރުކާރުން ބުނަމުންދަނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ނުތިބޭނެކަމަށާއި، ރާއްޖެ އަޅުވެތިވާފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެކަމުގައެވެ.
2 Responses
ޢަޅެ ދިވެހިން މިތިބީ ހޭދެބައިވެފަބާ ދޮގުފަތުރާ ، މީހުންގެ ހަންނޮޅައި މަސްކަމުން ދަނީ ކޮން ބައެއްކަން ނޭގޭ ވަރަށް މިހާރު ވަރަށް ރަގަޅަށް ރައްޔިތުންނަށް ސާފުވެއްޖެ ތިމާމެން ކެމްޕޭނު ކުރުމުގެ ބަދަލުގައި ޕޯޑިއަމް ތަކުގައި މުއިއްޒުއާ ދެކޮޅަށް އެންޓިކެމްޕޭނު ޖައްސައި ދޮގުތައް ފަތުރަމުން އައީ މިހާރު ތިއުޅެނީ ތިޔަ ބައިގަނޑުގެ ވާހަކަ ރައްޔިތުން ގަބޫލު ނުކުރާނެހެން ހީވީމަ އަނެއް ދޮގުތަކެއް ފަތުރަނީ.
ގޯދީ ރާޖާ އައުޓް