އަޑިނޭގޭ ސިއްރު އެއްބަސްވުންތައް ހާމަކޮށް، ސައްޚަ މައުލޫމާތު ހާމަކުރާނަން: މުއިއްޒު

އަޑިނޭގޭ ސިއްރު އެއްބަސްވުންތައް ހާމަކޮށް، ސައްޚަ މައުލޫމާތު ހާމަކުރާނަން: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
28 ސެޕްޓެމްބަރ 2023 09:37
0

މިސަރުކާރުން އެކި ކަންކަމުގައި އިންޑިއާއާއިއެކު ހަދާފައިވާ އަޑިނޭގޭ ސިއްރު އެއްބަސްވުންތައް ދިވެހި ރައްޔިތުންނަށް ހާމަކޮށް، ރައްޔިތުންނަށް ސައްޚަ މައުލޫމާތު ފޯރުކޮށް ދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިރޭ ސަލްޓަމްޕާކުގައި އޮތް އިވެންޓުގައި މިސަރުކާރުން ހަދާފައިވާ އަޑިނޭގޭ އެއްބަސްވުންތައް ހާމަ ކުރައްވާނަންތޯ ކުރެވުނު ސުވާލުގައި މުއިއްޒު ވިދާޅުވީ ސަރުކާރުން ވާކޮންމެ އެއްބަސްވުމަކީ އޭގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން ވެރިވާ ފަދަ އެއްވަސްވުންތަކަށް ވެގެން ނުވާނެކަމަށެވެ.

މިސަރުކާރުން މިހާތަނަށް ޢަމަލު ކުރައްވާގޮތުން ރައްޔިތުންގެ ހިތްތަކުގައި މިފަދަ އެއްބަސްވުންތަކާއި ގުޅިގެން ވަނީ ބިރުވެރިކަން އުފެދިފައިކަމަށް މުއިއްޒު ވިދާޅުވިއެވެ. ސަރުކާރުން ނަގާ ލޯނު އެއްބަސްވުންތަކާއި، ތަރައްޤީގެ މަޝްރޫއުތަކުގެ އެއްބަސްވުންތައްވެސް މިސަރުކާރުން ފޮރުވަން އުޅެންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތްކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއެއްބަސްވުންތައް ހާމަކޮށްފިނަމަ ރާއްޖެއަށް ހަނޑުލާއި، ހަކުރާއި، ފުށް ނުލިބިދާނެކަމަށް ސަރުކާރުން ބުނާބުނުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކާ ތެރިކަން ހާމަވާ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަގާ ލޯނެއް، ތަރައްޤީގެ މަޝްރޫއެއްގެ އެއްބަސްވުމެއް ހާމަ ނުކުރެވެން ޖެހޭ ސަބަބެއް ނެތް. އަޑިނޭގޭ ކަންކަންބަލައި ރައްޔިތުންނަށް ހިތްހަމަ ޖެހުން ގެނެސްދޭނަން. ޤައުމީ ސަލާނަތަށް ނުރައްކާވާ ކަމެއް އޮތްނަމަ އެގްރީމަންޓެއްގައި އެކަމެއް ބަދަލުކުރާނަން.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެއްވެސް އެގްރީމަންޓެއް، އެއްބަސްވުމެއް ޤައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އޮތްނަމަ އެއްބަސްވުމަކުން އެކަމެއް އުނިކުރާނެކަމަށެވެ. ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް އޮތްނަމަ އެކަމަކަށް ޖާގަ ނުދެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ސަލާމަތަށް ކުޑަވެސް ޝައްކެތް އޮންނަ ގޮތަކަށް ކަންކަން ވެގެންދާކަށް ޖާގަ ނުދެއްވާނެކަމަށެވެ. ތަރައްޤީގެ އެއްވެސް މަޝްރޫއަކީ ހުއްޓާލާނެ އަދި ހުއްޓުވާނެ ކަމެއް ނޫންކަން ތަކުރާރުކޮށް މިރޭވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ކޮންމެ މަޝްރޫއަކީވެސް އެކަމެއްގެ ސްޕީޑު ބާރުކޮށް ރައްޔިތުންނަށް ހާމަކަން ބޮޑުކޮށް ކުރާނެ ކަންތައްތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަބﷲ
ރައްޔިތުނަށ ކަން އޮޅުނ ފިލާފ އޮތުމުން ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވާނެ ރައްޔިތުންގެ އިތުބާރު ސަރުކާރަކަށް ހޯދިއްޖެ ނަމަ ސަރުކާރު ހިންގަން މާ ބޮޑައް ވެސް ފަސޭހަ ވާނެ