ގިނަ އަދަދެއްގެ ފަންނާނުންތަކެއް ރައީސް ސޯލިހަށް ތާއީދުކޮށްފި

ގިނަ އަދަދެއްގެ ފަންނާނުންތަކެއް ރައީސް ސޯލިހަށް ތާއީދުކޮށްފި

ގުޅުންހުރި

ރާއްޖޭގެ ގިނައަދަދެއްގެ ފަންނާނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ތާއީދު ކުރައްވައިފިއެވެ.

އެމްޑީޕީގެ ކެމްޕެއިން ޓީމުން ވަނީ 37 ފަންނާނުންނާއެކު ރައީސް ސޯލު ނަންގަވާފައިވާ ފޮޓޯއެއް މީސް މީޑިއާގައި އާންމުކޮށްފައެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަަމް އައްޒަ، ޝީލާ ނަޖީބު، ރަވީ ފާރޫގް، ފާތިމަތު ފަރީލާ (ފަރީ)، ލަވަ ކިޔުންތެރިޔާ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އަދި އަންހެނުން މަރިޔަމް އަޝްފާ ހިމެނެއެވެ.

އަދި އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) ، މުހައްމަދު ރަޝީދު (ދަރާ)، މުހައްމަދު ނިޔާޒް (ޓެޑްރީ)، ލަވަކިޔުންތެރިޔާ ސަމީއު އަދި އެހެން ބައެއް ފަންނާނުން ހިމެނެއެވެ.

އެންމެ ގިނަ ވޯޓާ އެކު، ހޮނިހިރު ދުވަހު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރައީސް ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ