ކުރީގެ މެމްބަރު ސިނާން އެމްޑީޕީއާއި ގުޅިއްޖެ

ކުރީގެ މެމްބަރު ސިނާން އެމްޑީޕީއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
28 ސެޕްޓެމްބަރ 2023 03:49
0

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު ސިނާން އެމްޑީޕީއާއި ގުޅިއްޖެއެވެ.

ސިނާންގެ ސިޔާސީ ހަޔާތް ފެއްޓެވީ ޕީޕީއެމުންނެވެ. ޕީޕީއެމްގެ ޓިކެޓުގައި އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައިގެން އެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ. ސިނާންއަކީ ވެސް ޕީޕީއެމް ދޫކުރައްވައިގެން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރެއިން މެންބަރެކެވެ.

މި ސަރުކާރު ގެނައުމުގައި އިސްކޮށް މަސައްކަތް ކުރެއްވުމަށް ފަހު، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޯޅި ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އެކަމަކު އެ އިންތިޚާބުގައި ސިނާން ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. އޭގެ ފަހުން އޭނާ ވަނީ އެމްއެންޕީގައި މަސައްކަތް ކޮށްފައެވެ.

ސިނާން އެމްޑީޕީއާއި ގުޅުނު އެދާއިރާގެ މިހާރުގެ މެމްބަރު ހައިތަމް ވަނީ އެމްޑީޕީން ވަކިވެ ޕީޕީއެމްއާއި ގުޅުމަށް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.