ދެވަނަ ބުރުގައި ދެކުނުގެ ތިން ސިޓީވެސް ކާމިޔާބު ކުރެއްވޭނެ: ރައީސް

ދެވަނަ ބުރުގައި ދެކުނުގެ ތިން ސިޓީވެސް ކާމިޔާބު ކުރެއްވޭނެ: ރައީސް

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދެކުނުގެ ތިން ސިޓީވެސް ކާމިޔާބު ކުރެއްވޭނެ ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

މިރޭ އިރު އޮއްސިފައި ވަނިކޮށް، ތިނަދޫއަށް ވަޑައިގެންނެވުމަށްފަހު ތިނަދޫގައި ހުންނަވާ ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ ފުރަތަމަ ބުރާ އަޅާބަލާއިރު ދެވަނަ ބުރުގައި އައްޑޫ ސިޓީއާއި، ފުވައްމުލަށް އަދި ތިނަދޫ ސިޓީން ރަގަޅު ނަތީޖާ ނެރެވޭނެ ކަމުގެ މަންޒަރުތައް ފެންނަމުން ދާކަމުގައެވެ. އަދި މި ސިޓީތަކުން ބޮޑު ކާމިޔާބީއެއް ލިބިވަޑައިގަންނަވާނޭކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.

އަޅުގަނޑަށް ފާހަގަކުރެވުނު ކުރީ ބުރާ ހިލާފަށް މާ އޮގަނައިޒްކޮށް ރާވައިގެން ވަރަށް ވިސްނުންތެރިކަމާ އެކު ކުރިއަށްގެންދާތަން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވިސްނެނީ މި ތިން ސިޓީއިން ވެސް ކުރިއާ އަޅާ ބަލާއިރު ބޮޑު ތަފާތެއް ފެނިގެންދާނެކަން.

ތިނަދޫ ސިޓީގައި ހުންނަވާ ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނާއެކީ ކޯލިޝަން ހެއްދެވި އެމްޑީއޭއިން ކޯލިޝަން ރޫޅާލުމަށް ނިންމި ނިންމުމަކީ ރަގަޅު ނިންމުމެއް ނޫންކަމުގައެވެ. އަދި އެކަން އެޕާޓީއަށް ގަބޫލު ކުރެވޭނެ ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މި އިންތިޚާބުގެ ދެވަނަބުރު އެމްޑީޕީ ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމުގައެވެ. ރައީސް ސާލިހު ތިނަދޫއަށް މިއަދު ވަޑައިގެންނެވީ ރާއްޖޭގެ އެންމެ ދެކުނަށް އޮތް އައްޑޫ ސިޓީ އަދި ފުވައްމުލަށް ސިޓީއަށް ވަޑައިގެންނެވުމަށް ފަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޑޮކްޓަރމުއިއްޒުު ވަރައްތަފާތުު ޝަޚްޞިއްޔަތެއްް އެންމެެ އުފާކުރަނީީ އެއްވެސްް ފަރާތަކާޖައްސާނުލާާ ރިވެތިގޮތުގަަ ބާރައްގަދަޔައްް ކެމްޕޭންކުރައްވާތީީ އިބޫގެދެރަކަމަކީީ ކޮލިޓީއެއްނެތްް މާހުތުރުގޮތްގޮތައްް މަގުމަތީއުސޫލުތަކާާ ހަމަތައްް ބޭނުންކޮއްް ވަރައްް ދަށުދަރަޖާގެެ ކަންތައްކުރުންް ވެރިއެކައްް އެއްގޮތަކައްވެސްް ކަމަކުނުދޭޭ އިބޫރަގަޅުވާނީީ ވެރިކަމުގެެ ވިސްނުންބަދަލުކޮއްް އެކަހެރިކޮއްހުރިއްޔާާ މިޒަމާނަކައްް އިބޫކަމަކުނުދޭޭ މިހާރުވެސްް ކުރަމުންގެންދަނީީ އަދިި އުޅެމުންދަނީީ ނާކާމިޔާބުވާާ މީހުންއުޅޭގޮތައްް އޭތިކަޑަަ

Leave a Reply

Your email address will not be published. Required fields are marked *