އިންތިޚާބުގައި ހަރަކާތްތެރިވި އޮފިޝަލުންގެ އެލަވެންސް މިހަފްތާ ޖަމާވާނެ: އީސީ

އިންތިޚާބުގައި ހަރަކާތްތެރިވި އޮފިޝަލުންގެ އެލަވެންސް މިހަފްތާ ޖަމާވާނެ: އީސީ

ގުޅުންހުރި

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަރަކަތްތެރިވި އޮފިޝަލުންގެ އެލަވެންސް މިހަފްތާގެ ތެރޭގައި ޖަމާވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި 5600އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވިއެވެ. އީސީގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބު 2023 ގެ ފުރަތަމަ ބުރުގެ ޓްރޭނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އެލަވަންސް މި ހަފްތާގައި ޖަމާވާނެކަމަށެވެ.

އަތޮޅުތަކުގެ ބައިގެ މަސައްކަތް ވެސް ބާރަށް ކުރިޔަށް އެބަދޭ.

– ހަބީބު ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެދެވަނަ ބުރައި، ފުރަތަމަ ބުރަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް އީސީން ބުނެއެވެ.

އޮފިޝަލުންނަށް ދޭން ކަނޑައަޅާފައިވާ އުޖޫރަ:

– ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް އުޖޫރައިގެ ގޮތުގައި 1500ރ (ފަނަރަސަތޭކަ ރުފިޔާ)
– ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200ރ (ބާރަސަތޭކަ ރުފިޔާ)
– ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1000ރ (އެއްހާސް ރުފިޔާ)
– ރިޒާވް އޮފިޝަލަކަށް 500ރ (ފަސްސަތޭކަ ރުފިޔާ)

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދުވެސް އިތުރުވާނެކަމަށް އީސީންބުނެފައިވެއެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ފުރުތަމަ ބުރަށްވުރެ އިތުރަށް 12 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ރަތަމަ ބުރުގައި 574 ވޯޓު ފޮށި ބެހެއްޓިނަމަވެސް، ދެވަނަ ބުރުގައި 586 ވޯޓު ފޮށި ބެއްހެއްޓުމަށް ނިންމާފައިވާކަމަށް އީސީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ