މަހްލޫފް ޑިމޮކްރެޓުންނަަށް: "އިބޫ: ނޫންގޮތެއް ބުނާނަމަ "ބަރުލަމާނީ" ނޫންގޮތެއްކަމަށް ބުންނަން ޖާގަ އޮންނާނެ!

މަހްލޫފް ޑިމޮކްރެޓުންނަަށް: "އިބޫ: ނޫންގޮތެއް ބުނާނަމަ "ބަރުލަމާނީ" ނޫންގޮތެއްކަމަށް ބުންނަން ޖާގަ އޮންނާނެ!

ގުޅުންހުރި

މިއީ ބައެއްގެ ފިތުނައިގައި ނުޖެހި އެއްބައިވާންވީ ވަގުތުކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ. މަހްލޫފް މިހެން ވިދާޅުވީ އެމްޑީޕީން ވަކިވެ، ރައީސް މުޙައްމަދު މނަޝީދުގެ ދަ ޑިމޮކްރެޓްސްއާއި ގުޅިފައިވާ މެންބަރުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނޫންގޮތެއް މި ރިޔާސީ އިންތިޚާބުގައި އިހްތިޔާޔާރުކުރުމަށް ގޮވާލާ ގޮވާލުމަށް ރައްދުދެއްވައި ކުރެއްވި އެކްސްއެއްގައެވެ.

މަހްލޫފް ވިދާޅުވީ، ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުން މިއަދު އިބޫ ނޫން ގޮތެއްކަމަށް ބުނަމުން ދިއުމަކީ ހަމަ މާދަމާ އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނޫންގޮތެއް ކަމަށް ބުނަށް ދެވޭ ޖާގައެއްކަމަށެވެ. ޑިމޮކްރެޓްސްގެ ލީޑަރޝިޕުން އަދިވެސް އިތުރަށް ވިސްނާލަން މުހިއްމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މިއީ އޮތް ހިތްހަމަނުޖެހުން އެއްފަރާތްކޮށް އެއްބަޔަކު އަނެއްބައެއްގެ އަތުގައި ހިފަންވީ ވަގުތު. ވިން ވިން ސިޗުއޭޝަން އަކަށް ދާންވީ ވަގުތު. ބައެއްގެ ފިތުނައިގަ ނުޖެހި އެއްބައިވާންވީ ވަގުތު.

– އަޙްމަދު މަހްލޫފް ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް ވަނީ ދަސް ނަތީޖާއެއް ލިބިވަދައިގެންފައެވެ. ކޯލިޝަނަކާއެކު ވާދަކުރައްވައިގެން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 86 ހާސް ވޯޓާއެކު އިންތިޚާބުގެ ދެވަނައެވެ. އެއްވަނަ ލިބިވަޑައިގަތީ 1 ލައްކައަށްވުރެ ގިނަ ވޯޓާއެކު އިދިކޮޅު ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށެވެ.

މ އިންތިޚާބުން 15 ހާސް ވޯޓާއެކު ތިންވަނަ ލިބުނީ ރައީސް ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްއަށެވެ. މިއާއެކު އެޕާޓީގެ ތާޢީދު އެމްޑީޕީން ދަނީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޑިމޮކްރެޓުންގެ ޑިމާންޑަކީ، އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމެވެ. ނަމަވެސް އެތާރީޚަށް އެ ވޯޓު ނުނެގޭނެކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. މިއާއެކު އޮކްޓޫބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް މަޖިލީހުން ވަނީ ގަރަރެއް ފާސްކޮށްފައެވެ. ރައީސް ޞާލިޙް ވިދާޅުވީ އިންތިޚާބުކޮންމެ ގޮތަކަށް ނިމުނުނަމަވެސް ނިޒާމީ ވޯޓެއް ނަގާނެކަމަށެވެ.

ޑިމޮކްރެޓްސްއިން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށް ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ