ރިސޯޓު މުވައްޒަފުންނަށް ފްލެޓް ދޭން ރައީސް ނިންމަވައިފި

ރިސޯޓު މުވައްޒަފުންނަށް ފްލެޓް ދޭން ރައީސް ނިންމަވައިފި

Author
ހުސެއިން
25 ސެޕްޓެމްބަރ 2023 08:56
0

ރާއްޖޭގެ ރިސޯޓުތަކުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް ފްލެޓް ދޭން ރައީސް އިބުރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީނާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރިސޯޓުތަކުގައި މަސައްކަތް ކުރާތާ 15 އަހަރު ވެފައިވާ މުވައްޒަފުންނަށް ޚާއްސަކޮށްފައިވަނީ 300 ފްލެޓެވެ.

މި ސްކީމާއި ގުޅޭ މައުލޫމާތު މިރޭގެ ވަގުތެއްގައި ގެޒެޓްގައި ޝާޢިއު ކުރާނެކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ފުރަތަމަ ބުރުގައި އިދިކޮޅު ކެނޑިޑޭޓް ނަތީޖާއިން އެއްވަނަ ހޯއްދަވާފައިވާއިރު، ދެވަނަ ހޯއްދެވީ ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުއެވެ.

ތަފްސީލު އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.