ރިޔާސީ އިންތިޚާބުގެ ފުރަތަަމަ ބުރުގައި ދިވެހި ރައްޔިތުންގެ ތެރެއިން އެތައްހާސް ރައްޔިތުން ނިންމާފައިވަނީ މިސަރުކާރުން އަމަލު ކުރަނީ ރަނގަޅަށް ނޫންކަމަށް ނިންމާފައިވާ ނިންމުމަށް އިޙުތިރާމްކޮށް ދެވަނަ ބުރުގައި ރައީސް ޞާލިހަށް ތާއީދު ނުުރަން އެމްޑީޕީ ކޯލިޝަންގައި އޮތް އެމްޑީއޭގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް ނިންމައިފިއެވެ.
އައްބާސް ވިދާޅުވީ ދެވަނަ ބުރުގައި ކުރިއަށްދާން ގޮތެއް ނިންމުމާއިމެދު ވިސްނީ ރައްޔިތުން ނިންމާފައި ނިންމުމަށް ކަމަށެވެ. ރައްޔިތުން ނިންމާފައިވަނީ މިސަރުކާރުން ކަންކަން ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ވާތީ އޭނާގެ ތާއީދު އަނބުރާ ގެންގޮސްފައިވާކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގަ އަޅުގަނޑު އެމްޑީއޭގެ ޤައުމީ ކައުންސިލް މެމްބަރު/ ކޯލިޝަން ކޮމެޓީގެ މެމްބަރު/ ޕޮލިސީ އަދި ޑިވެލޮޕްމަންޓް ކޮމެޓީގެ ނައިބް ރައީސް/ އެމްޑީއޭގެ ނ. އަތޮޅު ކޯޑިނޭޓަރު މުހައްމަދު އައްބާސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ނުކުރަން ނިންމައިފިން.
– އައްބާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާ ރައީސް ޞާލިހަށް ތާއީދު ނުކުރަން ނިންމީ ވޯޓުލީ މީހުންގެ 80 އިންސައްތަ މީހުންގެ ތެރެއިން މެޖޯރިޓީ ރައްޔިތުން ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަން ކުރެއްވީ ރަނގަޅަށް ނޫންކަމަށެވެ. އަދި ވެލިދޫ ދާއިރާގެ ރައްޔިތުންނާއި ނ. އަތޮޅު ރައްޔިތުންގެ ވޯޓުލީ މެޖޯރިޓީވެސް ބުނެފައިވަނީ ރައީސް ޞާލިހު ވެރިކަން ކުރެއްވީ ރަނގަޅަށް ނޫންކަމަށް އައްބާސް ވިދާޅުވިއެވެ.
އެހެން ކަމުން ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް އިޚުތިރާމުކޮށް ރައީސް ޞާލިހަށް އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި މިހާތަނަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެއްގޮތަކަށްވެސް ނުފެނެއެވެ. ނަމަވެސް އެމްޑީއޭގެ ބައެއް ބޭފުޅުން ރައީސް ޞާލިހު ބައިވެރިވާ އިވެންޓުތަކުން ފެނެއެވެ. ނަމަވެސް ޕާޓީގެ ރައީސް ސިޔާމް އެއްވެސް އިވެންޓަކުން އަދި ހަރަކާތަކުންވެސް ނުފެންނާނީ އެމްޑީއޭ އޮތީ ރައީސް ޞާލިހާއިއެކުގައިތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
3 Responses
ތިކިއާ ސިޔާމުއަށް ސޯލިހު ރައީސްގެ ކެންޕިއަނުތަކަށް ދެވޭނީ ތީނަގެ ދާއިރާގެ ރައިއްޔަތުން ތީނަޔާ ހަވާލުކުރި އަމާނާތް އަދާކުރެވޭނަމަތާ، ފުރަތަމަ މަޖުލީހަށް ހާޒިރުވެވިގެންތާ ހާޒިރީގެ އެންމެ ފުލުގާއިންނަމީހަކީ ސިޔާމް،
ސިޔާމު ސޯލިހުރައީސާގުޅުނީ ހަމަ އެކަނިސަރުކާރަށްދައްކަންޖެހޭ ފައިސާގަނޑު ނުދައއކާހުރެވޭތޯ ބަލަންވެގެން އެކަންކިތަންމެހާވެސް ރީއްޗަކަށް ހާސިލުކޮށްފި ދެން ކީކުރަންތޯ އިބުރާހިމްގެ ފަހަތުގާ ހުންނަންވީ؟؟
ބަލިވާނެކަން ޔަގީންވާތީ ސިޔާމުފިލީ.. ހިލްޓަނަން ދޭންޖެހޭ ލާރިގނޑުނުދޭންވެގެން އިބުރާހީމް ފަހަތަށް އެރީ.. ރަނގަޅު ލަގާއެއް ލިބޭނެ
އަޅުގަންޑު ގޮތް ނިންމާނީ އެމްޑީއޭގެ ލޮބުވެތި ރައީސް އަހުމަދުސިޔާމު މުހަންމަދުގެ ބަހެއް ލިބުނީމަ އޭގެކުރިޔަކު އަޅުގަންޑެއް ގޮތެއް ނުނިންމާނަން ސަބަބަކީ ރައީސް ސިޔާމު އަކީ އަޅުގަންޑު އެންމެ އިތުބާރުކުރާ އެންމެލޯބިވާ ލީޑަރުކަމައް ވާތީ