އެމްޑީޕީން ފެންނަނީ ކެމްޕެއިން ހުއްޓާލުމަށްފަހު ދައުލަތް ސުންނާފަތިކުރާތަން: ޕީޕީއެމް

އެމްޑީޕީން ފެންނަނީ ކެމްޕެއިން ހުއްޓާލުމަށްފަހު ދައުލަތް ސުންނާފަތިކުރާތަން: ޕީޕީއެމް

Author
އައިޝަތު އަޙްމަދު
23 ސެޕްޓެމްބަރ 2023 04:42
0

އެމްޑީޕީގެ ފަރާތުން މިހާރު ފެންނަނީ ކެމްޕެއިން ހުއްޓަލުމަށްފަހު މުޅި ދައުލަތް އެއްކޮށް ސުންނާފަތި ކުރަމުންދާތަންކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

ޑރ.މުއިއްޒުގެ ކެމްޕެއިންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާންގެ ނާއިބު އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ، ކަންބޮޑުވާކަންކން އެބަ ހިނގާކަމަށާއި، އެގޮތުން ޑރ.މުއިއްޒުއާއި ދެކޮޅަށް ވަރަށް ފުޅާކޮށް އެންޓި ކެމްޕެއިން ކުރަމުންދާއިރުވެސް އެއްވެސް މުއައްސަސާއަކުން އެކަން ނުބަލާކަމަށެވެ.

ފާޅުގަ ނޫސްތަކުގަވެސް އެންޓި ކެމްޕެއިން ކުރަމުން މިދަނީ. އަދި ހަމައެއާއެކީގަ އެމްޑީޕީން ބާއްވާ ޖަލްސާތަކުގައިވެސް ޑރ.މުއިއްޒަށް އެންޓި ކެމްޕެއިން ކުރަމުން މިދަނީ. މިކަމަކީ އަޅުގަނޑުމެން ބަލައިގަންނާނެކަމެއްނޫން.

– މުއާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން މިހާރު ފެންނަނީ ކެމްޕެއިން ހުއްޓަލުމަށްފަހު މުޅި ދައުލަތް އެއްކޮށް ސުންނާފަތި ކުރަމުންދާތަންކަމަށްވެސް މުއާޒްު ވިދާޅުވިއެވެ.

އޭގެތެރޭގައި ދައުލަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ މަހުޖަނުންގެ އަތުން ދައުލަށް ލިބެންޖެހޭ ފައިސާ މަޢާފްކުރުން ހިމެނޭ. މުސާރަ ބޮޑުކުރުމުގެ ނަމުގަ އެތައް ވާހަކަތަކެއް އެބަ ފެންމަތިކުރުވާ. އެތައް ބަޔަކަށް ވަޒީފާއާއި ފްލެޓް ދޭ ވާހަކަ އެބަދައްކާ.މިވާހަކައަކީ ޑރ.މުއިއްޒު މޮޅުވާނެކަން އެނގޭތީ މިހާރުގެ ރައީސް ބަލިވެވަޑައިގަންނަވާނެކަން އެނގޭތީޑރ.މުއިއްޒުއަށް އުނދަގޫކުރަން، ދެން އަންނަ ސަރުކާރަކަށް އުނދަގޫކުރަން ކުރާ ކަންކަން.

– މުއާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިޚްލާސްތެރިކަމެއް ހުރިނަމަ މަޢާފްކުރާނީ، މަހުޖަނުން ދައްކަން ޖެހޭ ފައިސާއެއް ނޫންކަމަށާއި، އިޚްލާސްތެރިކަމެއް ހުރިނަމަ މައާފްކުރާނީ ރައްޔިތުންގެ ދަރަނިކަމަށެވެ.

މުއާޒް މިހެން ވިދާޅުވެފައިމިވަނީ، ހަދަމުންދާ ރިސޯޓްތަކުން 4 ބިލިއަނަެއްހާ ރުފިޔާ މައާފްކޮށްދީފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ. މީގެ އިތުރުން ސަރުކާރުން ގެންދަވަނީ އިންތިޚާބު ކައިރިވެފައިވަނިކޮށް، ދައުލަތުގެ އެކި މުއައްސަސތަކުގެ މުސަރަތައް ބޮޑުކުރަމުންނެވެ. އަދި ކަރަންޓު ބިލުން ބޮޑު ބައެއް އުނިކޮށް، ބައެއް ލޯންތައް މައާފްކޮށްދިނުންފަދަ ކަންކަންވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.