ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Author
އަހުމަދު
23 ސެޕްޓެމްބަރ 2023 03:12
0

ކުރިއަރ މެދުވެރިކޮށް ރާޢްޖެ އެތެރެ ކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމުން މިއަދު ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ ޖަރުމަނުވިލާތުން ރާއްޖެ އަށް ގެނެސްފައިވާ ޕާރްސަލެއް ބަލައި ފާސް ކުރުމުން ކަމަށެވެ.

ސެޕްޓެމްބަރު 16 ވަނަ ދުވަހު ބަލައި ފާސް ކުރި ޕާރުސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ކުނޑިތަކެއް ފެނިފައިވާ އިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަހުލީލް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމުން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކުރިއަރ
ޑްރަގް އިސްތިހާރެއްތޯ ؟؟؟؟