ޑިމޮކްރެޓުންނާ އެމްޑީޕީއަކީ އެއް ފިކުރެއް، މިއީ އެއް އާއިލާއެއް: އަސްލަމް

ޑިމޮކްރެޓުންނާ އެމްޑީޕީއަކީ އެއް ފިކުރެއް، މިއީ އެއް އާއިލާއެއް: އަސްލަމް

Author
އައިޝަތު އަޙްމަދު
23 ސެޕްޓެމްބަރ 2023 11:26
0

އެމްޑީޕީން ވަކިވި އިސް މެންބަރުންތަކެއް އުފެއދެވި ދަ ޑިމޮކްރެޓްސްއާއި، އެމްޑީޕީއާ ދެމެދު ފިކުރުގެ ތަފާތެއް ނެތްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އައްޑޫ ހުޅުދޫގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، ޑިމޮކްރެޓްސްގައި ތިބީ އެމްޑީޕީގައި ތިބިއިރުވެސް ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އިސްކޮށް ތިބި މީހުންކަމަށެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެންބަރުންނާ ދެމެދު ފިކުރުގެ އެއްވެސް ތަފާތެއް ނެތްކަމަށާއި، ޚިޔާލު ތަފާތުވުން ބައެއް ކަންކަމުގައި އެބައޮތްކަމަށެވެ. ދެޕާޓިގެ މެންނބަރުންގެ މެދުގައި އޮތީ ގާތް ގުޅުމެއްކަމަށާއި، ޤަބޫލުކުރައްވަނީ މިއީ އެއް އާއިލާއެއްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ފިކުރުގެ ގޮތުން ޑިމޮކްރެޓްސްއަކީ ވަކި ޕާޓީއެއް ހައްދަވައިގެން ތިއްބަސް އެމްޑީޕީއާ މާދުރަށް ދެވޭނެ ބައެއް ނޫނޭ، ހިންގަވާށޭ އެކުގައި މަސައްކަތްކުރައްވަން،..

– އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޑިމޮކްރެޓުންނާއި އެމްޑީޕީއާ ދެމެދު އޮތީ ވަލި ނުވެވޭނެ ގުޅުމެއްކަމަށެވެ.

އަސްލަމް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޞާލިޙްވެސް ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނމަ ބުރުގައި ޑިމޮކްރެޓުންގެ ގިނަ މީހުންގެ ވޯޓު އެމްޑީޕީއަށް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. ރައީސް މިހެން ވިދާޅުވިނަމަވެސް، ޑިމޮކްރެޓުންގެ ގިނަ ބަޔަކު ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށްވެސް ތާޢީދުކުރާކަން ދަނީ ހާމަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މެޒީ
ނަސީދް ވަރެއްނެތް
ވ ވ
ނަސީދު ވާނީ ހަމަނަސީދައް ހުރެލާފަ ހަމަ ޑުރާމާއެއް ކުޅެލަފާނެ ނަސީދާ އެއްމެގުޅެނީ ފިލްމުކުޅެއް ފިލމުސްޓާރަކަން.ވާން