ގުރައިދޫ ކައުންސިލް ހަމައެކަނި އެމްޑީޕީ މެމްބަރު މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއަށް!

ގުރައިދޫ ކައުންސިލް ހަމައެކަނި އެމްޑީޕީ މެމްބަރު މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
23 ސެޕްޓެމްބަރ 2023 09:28
0

ތ. ގުރާއިދޫ ކައުންސިލަށް އިންތިޚާބުވި އެމްޑީޕީއަށް ނިސްބަތްވާ ހަމައެކަނި ކައުންސިލަރު ޑރ. މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ގުރައިދޫއަކީ ޕީޕީއެމްއަށް ބޮޑު ތާއީދެއް އޮންނަ ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫންގެ ދާއިރާއެވެ. ގުރައިދޫ ކައުސިލް މެމްބަރު ހަމްދާން އަލީ އެމްޑީޕީ ދޫކޮށް ޕީޕީއެމްއަށް ސޮއިކުުން އެރަށު ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ. އަދި ދައިރާގެ މެމްބަރު ޣައްސާންވެސް ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

ރައީސް ޔާމީންގެ ޕީޕީއެމްއާއި ހަމްދާން ގުޅިވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރަށުގެ ތަރައްގީ އަށް އޮތް ލޯބި ރަމްޒުކޮށްދޭ ހެއްކެއް. ޕީޕީއެމްއަށް ލިބުނު ބޮޑު ކުރިއެރުމެއް.

– ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

9 ސެޕްޓެމްބަރުގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ފަރާތްތަކުން އަންނަނީ ޕީޕީއެމްއާ ގުޅެމުންނެވެ. މިގޮތުން އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާ, އެ ޕާޓީއަށް ހަރަދުކުރާ ބައެއް ވިޔަފާރިވެރިން ދަނީ ފާޅުގައި ޑރ.މުއިއްޒަށް ތާއީދުކޮށް ކެމްޕެއިން ކުރަމުންނެވެ.

ހަމްދާނަކީ ތާރީހުގައިވެސް އެ ކައުންސިލަށް ހޮވިވަޑައިގަތް އެންމެ ފުރަތަމަ އެމްޑީޕީ މެމްބަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.