އެމްޑީޕީއަށް ނިސްބަތްވާ ނޮޅިވަރަމް ކައުންސިލް ނައިބު ރައީސްގެ ތާއީދު ޑރ. މުއިއްޒަށް!

އެމްޑީޕީއަށް ނިސްބަތްވާ ނޮޅިވަރަމް ކައުންސިލް ނައިބު ރައީސްގެ ތާއީދު ޑރ. މުއިއްޒަށް!

ގުޅުންހުރި

އެމްޑީޕީއަށް ނިސްބަތްވާ ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސްގެ ތާއީދު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުހައްމަދު މުއިއްޒަށް ކުރުމަށް ނިންމައިފިއެވެ.

ނޮޅިވަރަމް ކައުންސިލް ނައިބް ރައީސް މުޙައްމަދު ޙުސައިން ވިދާޅުވީ މި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ ކޯލިޝަން ކެންޑިޑޭޓު ޑރ. މުއިއްޒު އަދި އެމަނިުފާންގެ ރަނިންގމޭޓު ހުސެއިން މުހައްމަދު ލަތީފް (ސެންބެ)އަށް ތާޢީދު ކުރުމަށް ނިންމައިފައިވާކަމަށެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި މުހައްމަދު ހުސެއިންގެ ތައީދު ދެއްވުމުން ސެންބެ ވަނީ އޭނާއަށް ޝުކުރު އަދާ ކުރައްވާފައެވެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް އަދި އެމްްޑީޕީ މެންބަރު މުޙައްމަދު ޙުސައިން، ރަށުގެ ތަރައްޤީއަށް ތިޔަ ނިންމެވި ހިތްވަރުގަދަ ނިންމުމަށް މަރުޙަބާ ދަންނަވަން. މާތް ރަސްކަލާންގެ ވާގިފުޅުން ޕީޕީއެމް ސަރުކާރެއްގައި ތިޔަ ބޭފުޅުން މާޔޫސްވިޔަކަ ނުދޭނަން.

– ސެމްބެ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއީދު ކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އޭގެ ތެރޭގައި އެމްޑީޕީއާއި އަދި އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ. ރޭ ހދ. އަތޮޅު ކައުންސިލް ރައީސް ޕީޕީއެމްއަށް ސޮއިކޮށްފައިވާއިރު ށ. އަތޮޅު ކައުންސިލް ރައީސްވެސް ވަނީ ޕީޕީއެމްއަށް ދާދި ފަހުން ސޮއިކޮށްފައެވެ. އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ