ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް ހަގީގީ މާނާގައި އޮތީ ތަރައްޤީ ނުގެނެވި ކަމަށާއި، ކުޅުދުއްފުށި ސިޓީއަށް ހަގީގީ މާނާގައި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ތަރައްޤީ ކަށަވަރު ކޮށްދެއްވާނެކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި މިރޭ ގިނަ އަދަދެއްގެ ބަޔަކާއިއެކު ކުޅުދުއްފުށި ސިޓީގައި ބޭއްވި ފޯރިގަދަ ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުޅުފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް ހަގީގީ މާނާގައި ތަރައްޤީ ގެނެވިފައި ނުވާކަމަށެވެ. ކުޅުދުއްފުށީގެ ތަރައްޤީގައި މިފަސް އަހަރަކީ ފަހަތަށްދިޔަ ފަސްއަހަރު ކަމަށާއި އެކަން ބަދަލުކޮށް ކުޅުދުއްފުށީގެ ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ކުޅުދުއްފުއްޓަށް ވެވަދައިގެން ވައުދުތައް:
– 2،0000 ހައުސިން ޔުނިޓްގެ ހައުސިން މަޝްރޫއެއް ކުރިއަށް ގެންދާނަން
– މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ތަރައްޤީ ކޮށްދޭނަން
– ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބޭނުންވާ ހުރިހާ ޚިދުމަތަކާއި ވަސީލަތެއް ގާއިމް ކޮށްދޭނަން
– އެއާޕޯޓަށް ބޭނުންވާ ހުރިހާ ވަސަީލަތެއް ގާއިމްކޮށް ޒަމާނީ އެއާޕޯޓަކަށް ބަދަލު ކުރާނަން
– ސިޓީއަކަށް ބޭނުންވާ ހުރިހާ ކުޅިވަރު ވަސީލަތްތަކެއް ގާއިމް ކުރާނަން
– އިކޯ ޓޫރިޒަމް ފެސިލިޓީއެއް ޤާއިމް ކޮށްދޭނަން
– ޑޮލަރު އޭޓީއެމްއެއް ގާއިމް ކޮށްދޭނަން
– ޕޯޓް ފެސިލިޓީ އެންމެ ޒަމާނީ ފެންވަރަކަށް ބަދަލު ކުރާނަން
– ކުނި މެނޭޖް ކުރުމުގެ މައްސަލައަށް ދާއިމީ ހައްލު ހޯދައިދޭނަން
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މިހާރު ކުޅުދުއްފުށީގައި ސްލޯ ސްޕީޑުގައި ކުރިއަށްދާ ހުރިހާ މަސައްކަތެއް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމަދޭނެ ކަމަށެވެ. އެއިން އެއްވެސް މަސައްކަތެއް ހުއްޓުވައި ރައްޔިތުންގެ ތަރައްޤީއަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމަ މިއާއިއެކު ކުޅުދުއްފުށީގައިވެސް އެކި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ދައްކަމުންދާ ވަޒީފާގެ ބިރަށް ފަސް ނުޖެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށް ބިރު ކަނޑާލާފައި މިހަތްދުހު ޤައުމީ މިމަސައްކަތާއި ގުޅި މިވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ